އދ. އާންމު މަޖިލީހުގައި ގައުމުތަކުގެ ވެރިން ބައްދަލުކުރައްވައި ތަގުރީރުކުރައްވަމުން ގެންދަވާއިރު ލުބްނާނަށް މިދަނޑިވަޅު ވެފައި ވަނީ އުންމީދީ ފުރުސަތަކަށެވެ.
ލުބްނާންގެ ރައީސް އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތީ ރެކޯޑްކޮށްފައި އޮތް ވީޑިއޯ މެސެޖަކުންންނެވެ.
ދުނިޔޭގެ ގައުމުތަކަށް އެނާ ގޮވާލެއްވީ ލުބްނާނަށް އެހިތެރިވެ ދެއްވުމަށާއި އެގައުމަށް ދިމާވެފައި އޮތް ނިކަމެތިކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ ދެއްވުމަށެވެ.
ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިކާތީއަށް ވެސް މިއީ ނަސީބު ރަނގަޅު ދަނޑިވަޅެކެވެ.
ނަޖީބު މިކާތީ މިހާރު އުޅުއްވަނީ ފްރާންސަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. މިއީ އޭނާ ލުބްނާންގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރު އޭލީޒި ޕެލަސްގައި އެގައުމުގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި ލުބްނާންގެ ހާލަތާ ބެހޭ ގޮތުން ނަޖީބު މިގާތީ ވަނީ ވަޝްވަރާކުރައްވާފަ އެވެ.
މެކްރޮން ވިދާޅުވި ކަމަށް ޚަބަރުތައް ބުނަނީ ލުބްނާނަށް އަވަސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މެކްރޮން ވިދާޅުވި ކަމަށެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ގައުމަށް އަވަސް ތަރައްގީ ގެނެވޭ ގޮތްތަކަށް ބެއްލެވުމަށް ވެސް މެކްރޮން ނަޖީބަށް ދެންނެވި އެވެ.
ލުބްނާނަށް ދިމާވެފައި އޮތް ހާލަތާ މެދު މެކްރޮން ވިދާޅުވީ އެހީތެރިވެދެއްވާނެ ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ލުބްނާނަށް އަޅާލަން ޖެހިފައި އޮތް ކަމަށެވެ.
ލުބްނާނަކީ ފްރާންސްގެ ހިމާޔަތުގައި ޒަމާންތަކެއް ހޭދަކުރި ގައުމެކެވެ. މިސަބަބާ ހެދި ލުބްނާންގައި ފްރާންސް ބަހުން ވާހަކަދައްކާ މީހުން އަދި ވެސް ވަރަށް ގިނަ އެވެ.
ލުބްނާންގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ސަރުކާރުގައި މިވަގުތު ތިބީ ގައުމު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހޭ ވަރަށް ވުރެ ކޮރަޕްޓް ބައެކެވެ.