ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޓޫރިސްޓުންނަށް ލަންކާ ހުޅުވާލައިފި

ލަންކާގައި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ލުއިދީ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓަރު ހިހިލިޔެ ރަމްބުކްވެއްލާ ޓްވީޓް ކުރައްވައި ވިދާޅުވެފައިވާ ގޮތުން އާ ގަވާއިދުތަކަށް މިއަދުން ފެށިގެން އަމަލު ކުރަމުން ގެންދާނެ އެވެ.

ލަންކާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުން ލަންކާއަށް ދާއިރު ދެ ޑޯޒް ހަމަކުރި ފަހުން 14 ދުވަސް ވެފައިވާ ނަމަ އަދި 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ރިޕޯޓެއް އޮތް ނަމަ ލަންކާގައި އެމީހަކު ދާން ބޭނުން ތަނަކަށް ދާންވީ އެވެ. އިތުރު ޕީސީއާރު ޓެސްޓެއް ހެދުމެއް ނޯންނާނެ އެވެ.

ލަންކާގައި ކޮވިޑާ ގުޅިގެން އަޅާފައި ހުރި ހުރިހާ ފިޔަވަޅުތައް އަދި ވެސް އުވައިނުލަ އެވެ. ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޮސްވެގެން ދިއުމާ ގުޅިގެން ލޮކްޑައުން ކޮށްފައި އޮތް އޮތުން އަދި ދެމިއޮންނާނެ ކަމަށް އިދާރާތަކުން ބުނެ އެވެ. އެެހެން ނަމަވެސް ގަވާއިދުތައް ތަންފީޒުކުރަމުން ގެންދާނީ ލުއިދިނުމުގެ ތެރެއިން ކަމަށް ވެސް އޮތީ ބުނެފަ އެވެ.

ޓޫރިސްޓުންނަށް އަމާލުކޮށް ދިން މި ލުޔަކީ ލަންކާގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އަދި ރިޒާވާމެދު ބިރުހީވެފައި ވާތީ ދިން ލުޔެކެވެ. މައިގަނޑު ގޮތެއްގައި ދުނިޔޭގެ ހުރިހާ ޓޫރިސްޓުންނަށް ހުޅުވާލާފައިވާ އިރު ސިއްހީ އިދާރާތަކުން ހަމަޖައްސާ ވަކި ސަރަހައްދު ތަކަކުން ލަންކާއަށް އެތެެރެވާ މީހުން ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ލިބެންދެން ކަރަންޓިންގައި ތިބެން ޖެހުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުނެ އެވެ.