އެމްޓީސީސީ

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އަށް

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ފްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި ފްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

މި މަސައްކަތުގެ ދަށުން، ބަނދަރު ފުންކުރުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދި 57 މީޓަރުގެ އެއްގަމުތޮށި ލުމާއި، ނުވަ މީޓަރު ދިގު ނުވަ މީޓަރު ފުޅާ ކޭމްޕެއް ވެސް ހަދާނެ އެވެ.

މީގެ އިތުރުން 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެ އެވެ. އަދި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ 9.61 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.