އެމްއޭސީއެލް

އެމްއޭސީއެލުން އޯޓިޒަމް އެސޯސިއޭޝަނަށް އެހީވެއްޖެ

Sep 29, 2021

އެމްއޭސީއެލް އިން ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީއެއް ދީފި އެވެ.

އެމްއޭސީއެލްއިން މިއަދު ވަނީ 61،140.30 ރުފިޔާ އެ އެސޯސިއޭޝަނަށް ހަދިޔާ ކޮށްފަ އެވެ.

ހުޅުމާލޭ އޯޓިޒަމް އެސޯސިއޭޝަންގެ އޮފީހުގައި އެ ފައިސާ ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަހުމަދު އިބްރާހިމް އެވެ. އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ އެ އެސޯސިއޭޝަންގެ ސީއީއޯ ޑރ. އިސްމާއީލް ޝަފީއުއެވެ.

މި އެހީއަކީ އޯޓިޒަމް އެސޯސިއޭޝަންގެ ކަރިކިއުލަމްއާއި ޓްރެއިނިން އަށް ބޭނުންވާ ތަކެތި ހޯދަން ދިން އެހީއެކެވެ.

އެމްއޭސީއެލްއިން އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީ ދިން އިރު ހަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގު ހުރި ތަކެތި ޖަޕާން އެމްބަސީން މިދިޔަ އޮގަސްޓު މަހު އެ އެސޯސިއޭޝަނަށް ހަދިޔާ ކުރި އެވެ.