ރައްޔިތުންގެ މަޖިލިސް

ދީނީ މިނިވަން ކަމަށް ގޮވި މައްސަލަ މަޖިލީހުން ބަލަނީ

Sep 29, 2021
6
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: އަވަސް
0%
0%
100%

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

މަޖިލީހުގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަމުންދާ ކަމަށް މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އިތުރު ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ފަހަކަށް އައިސް ވާހަކަ ގިނަ ކުރައްވާ އަދި ތަފާތު ހާލަތްތައް މެދުވެރި ކުރުވައި ސަމާލުކަން ހޯއްދަވަމުން ގެންދަވާ ޖާބިރު ދީނީ މިނިވަން ކަމަށް ގޮވާލެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގެ ތެރެއިން ފުރުސަތު ހޯއްދަވައިގެނެވެ.

އޭނާގެ އެ ވާހަކައިގައި ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެެއްފަދައިން ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭ ވިދާޅުވި އެވެ. ޖާބިރު އެ ވާހަކަތައް ދެއްކެވީ ސޫރަތުލް ކާފިރޫންގައިވާ ހަތަރުވަނަ އާޔަތް ވެސް ވިދާޅުވަމުންނެވެ.

"އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް ... އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޖާބިރު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގާ ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއްކޮށް ހަދައިގެނެއް ނުވާނެ އެވެ.

މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މި މޭރުމުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި ވާހަކަދައްކަވާއިރު ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވެ އެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަކަށް މެންބަރަކު ދައްކަވާ ވާހަކަފުޅަކާ ގުޅިގެން ތަހުގީގުކޮށް، ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލޮލީ މޭން

ސިކުނޑި ހަމަނުޖެހޭ މީހެއްކަމަށް ހަދާފަ ތިކަން ނިންމާނެ! ދީނަށް ފުރައްސާރަކުރާ މީހުންނަކޫ ސިކުނޑި ހަމަނުޖެހޭ މީހުންކަމަށް ވެ ނިމެނީ އަބަދުވެސް

ނާއި

To you be your religion, and to me my religion لَكُمْ دِينُكُمْ وَلِيَ دِينِ

ހާ

ތިޔަޖާބިރަކީ ހަމަހޭގަ ހުންނަ މީހެއްނޫން ދައުލަތުން ހުއްދަދީގެން އަބަދު މަސްތުވެފަ ހުންނަމީހެއް، ތިޔަ މީހާއާދޭތެރޭގަ ސަރުކާރުން އެޅޭނެ އެއްވެސް ފިޔަވަޅެއްނެތް. މިސަރުކާރު އޮތީ ތިޔަމީހާގެ އަތުން ފައިސާތަކެއްނަގާފަޔޯ. އޭގެ ބަދަލުދީ ދުވަހަކުވެސް މިސަރުކާރެއް ސަލާމަތެއްނުވާނެ. މިސަރުކާރަކީ ނިކަމެތި ގޮތެއްނެތް ސަރުކާރެއް.

2000

ޖާބިރުގެ ސިކުނޑި ހަމަ ކަމުގެ ޓެސްޓެއް ހަދަން ޖެހޭ

ާޝުހާ

މަޖިލީހުން ބަލާނީތާ.. އެއްވެސް ފިޔަވަޅެއް ނާޅާނެތާ.. އެކަމަކު ދެން ޖާބިރު ދޫވެވިފައި ހުރެގެން ނުވާނެ ހަމަ އެއްވެސް ހާލަތެއްގަ. މިހާރު ދެން އޭނާ ޖެހެންޖެހޭ އެންމެ މަތީތާގަ އެއޮތީ ޖެހިފަ.

ޖަޔާ

ޖާބިރުގެ މައްސަލަ އެކަނިތަ؟ ޕިންލޭ ދެއްކި ވާހަކަ ކިހިނެއްވަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345