ރައީސް މުހައްމަދު ނަޝީދު

މެންބަރަކު އަވަހާރަކޮށްލާ ވާހަކަ ވެސް މަޖިލީހުގައި ދެއްކޭނެ: ނަޝީދު

Jul 8, 2020
16
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީސް
12.5%
12.5%
75%

ރައްޔިތުންގެ މަޖިލީހުގައި ގަރާރެއް މެދުވެރިކޮށް ގާނޫނު އަސާސީ އުވާލުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަވަހާރަކޮށްލުން ފަދަ ވާހަކަތައް ވެސް ދެއްކޭނެ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި އިއްވުމާއެކު ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަ ކުރެއްވި ނުކުތާއަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޔޫނުސު އެއީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ނުކުރެވޭނެ ކަމަށެވެ. އޭގެ ފަހުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް އެ ނުކުތާ ފާހަގަ ކުރެއްވި އެވެ.

ދެން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އީވާ ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ގަރާރެއް މެދުވެރިކޮށް ކޮންމެ ކަމަކަށް ވެސް މަޖިލީހުގައި ދެއްކެވިދާނެ ކަމަށާއި ޖާބިރުގެ ގަރާރު ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް އެ ގަރާރުގައި ބުނާ ކަންކަމަށް އޭނާ ވެސް ތާއީދު ނުކުރައްވާ ކަމަށެވެ.

މެންބަރުންގެ އެ ވާހަތަކަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މަޖިލީހުގައި ގަރާރެއް ހުށަހަޅައިގެން ކޮންމެ ވާހަކައެއް ވެސް ދެއްކެވި ދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެން ވިދާޅުވީ ގާނޫނު އަސާސީ އުވާލުމާއި މެންބަރަކު އަވަހާރަ ކޮށްލުމުގެ ވާހަކަ އެވެ.

"މި މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ ގާނޫނު އަސާސީ އުވާލާ ވާހަކަ ވެސް. މި މަޖިލީހުގައި ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން ދެއްކި ދާނެ މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރަކު އަވަހަރާކޮށްލުމުގެ ވާހަކަ ވެސް މަޖިލީހުގައި ދެއްކެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މީހަކު މަރާލުމަކީ ގާނޫނުލް އުގޫބާތުގައި ވެސް ހިމެނޭ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެކެވެ. އަދި އިސްލާމް ދީނުގައި ވެސް ކަނޑައެޅިގެން ހަރާމް ކޮށްފައިވާ ކަމެކެވެ. އިސްލާމް ދީނާ ހިލާފު އެއްވެސް ވާހަކައެއް މަޖިލީހުގައި ވެސް ނުދެއްކޭނެ އެވެ.

16 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުސްލިމު

އަންނީގެ މަޖިލީހުގެ އަޑު އަހަރެމެންގެ ދަރީންނަށް އިއްވައާ އަންނީގެ މަޖިލީހުގެ އަޑު އަހަރެމެންގެ ދަރީންނަށް އިއްވަވައި ނުދީ! ގައުމުގެ މުސްތަގުބަލް އަންނަންއޮތް ޖީލް ހަލާކުވެ ފަނާވެދަނީ!

ކޮވިޑާ

މެމްބަރަކު މަރާލި ވާހަކަތަ ނުވަތަ މެންބަރަކު ބޭނުން ވާ ވާހަކަތަ؟ ގަލޮޅުގެ ޒަރިޔަންދު މާނަ ކޮށްދީބަލަ! ޢިސްލާމީ ޝަރީޢަތުގައި އިންސާނާގެ 5 ކަމެއް ހިމާޔަތް ކޮށްދޭ! އެއީ އިންސާނާގެ ފުރާނަ، މުދާ، އަބުރު، ދީން، ބުއްދި!!!!! ވީމާ އިންސާނެއް މެރުމުގެ ވާހަކަ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުވޭ!!!! ކެނެ ރީގޭ މުހައްމަދު ނަޝީދު!

ނަސީދު

މެމްބަރަކު ރޭޕް ކުރާވާހަކަ މަޖިލީހުގަ ދެއްކޭނެތޯ..؟

ގާޒީ

މީހުން މެ ރުމުގެވާހަކަ އިސްލާމްދީނާ ހިލާފު ނުވާގޮތްވެސް ނަޝީދު ކިޔާދީބަލަ!

ޕަރސަން

ނަޝީދަކަށް ނޭނގުނެއްނު އެހެންވީމަ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވާ ކަންކަމެއްވެސް. މިވަރުގެ މީހެއް މަޖިލީހުގެ ރައީސްކަމުގައި އިންނާތީ ސަހަރޯ ހީވާވަރުވޭ.

ޤާދިރު

ޙައްޤަކާ ނުލައި މީހަކު މެރުމަކީ އިސްލާމްދީނުގެ އަސްލާ އެއްގޮތް ކަމެއްތޯ؟

ލލ

ތިޔަ މަޖިލިސްގެ އުގޫފާރު ދާއިރާގެ މެމްބަރު މަރުހޫމް ޑރ އަފުރާޝީމް އަލީ އަވަހާރުކުރި ވާހަކަ ދައްކަންވީ ތިޔަމަޖިލިސްގައިނުންތޯ !

ހަސަނުގ

މިސާލުގެ މޮޅުކަމުން މަ ހަމަ ހީހީ އިސްލާމްދީނު މިސާލު ތިބޭފުޅާ ނުޖެހިއްޔާ ރަނގަޅުވާނީ. އިސްލާމްދީން ކިޔަން އެނގޭކަންވެސް އެއީ ބޮޑުވަރު.

ޒިންމާ

ޢަސްލުވެސް މަޖިލިސް ޖަލްސާތައް ޓީވީ ތަކުން ދެއްކުން ހުއްޓާލަންޖެހެ.

އަނގަޓޯ

މިބޭޅާ އަނގަތޯ ކުރިން ވިހެއީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345