ރައްޔިތުންގެ މަޖިލިސް

ބިން ވިއްކުމުގެ ކުރިން ރަހުނުގެ މައްސަލަ ނިންމަން އިސްލާހެއް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލިސް
0%
0%
0%

ބިމެއް ވިއްކޭނީ އެބިމުގެ މައްޗަށް އޮތް ރަހުނުގެ މައްސަލަ ނިންމުމަށްފަހު ކަމަށް ރާއްޖޭގެ ބިމާބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނުގައި އަމިއްލަ ބިމާއި ގޯތި ވިއްކުމުގެ މާއްދާއަށް ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ބިން ވިއްކުމުގެ އަގުދެއް ކުރެވޭއިރު އެ ބިމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެ ބިމުގެ މައްޗަށް ގާއިމުކުރެވިފައިވާ ރަހުނެއް އޮތްނަމަ އެ ބިން ވިއްކޭނީ ރަހުނުގެ މައްސަލަ ނިންމުމަށްފަހު ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނެތްނަމަ އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުކޮށް ދިނުމުގެ ހުރިހާ އިޖުރާއަތުތައް ކަމާބެހޭ ފަރާތްތަކުން ފުރިހަމަކޮށްދޭންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345