ރައްޔިތުންގެ މަޖިލިސް

އަޑުގަދަ ކުރެއްވުމުން ޖާބިރުގެ ނަން އިއްވައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ތަޅުމުގައި އިށީނދެވަޑައިގެން --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.

މި ޖަލްސާގައި ޖާބިރުގެ ނަން އިއްވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވާހަކަ ދައްކަވަމުން ދަނިކޮށް ޖާބިރު ވަނީ ހުރަސް އަޅުއްވާ މައިކްވެސް އޮފްކޮށްލާފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަރިހަށް ވަޑައިގެން އަތް އުއްކަވާ އެއްޗެހިތަކެއް ވިދާޅުވިތަން ފެނިގެންދިޔަ އެވެ.

ޖާބިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރެއްވި ނަމަވެސް އޭނާ ކޯފާވި ސަބަބެއް އެނގިފައިނުވެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މެންބަރު ޖާބިރުގެ ނަން އިއްވެވި ނަމަވެސް މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންފައިނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345