ޖޭއެސްސީ

އިސްމެޖިސްޓްރޭޓް އާމިރުގެ މައްސަލަ ބަލަނީ

ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހްމަދު އާމިރުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އާމިރު، ދައުލަތުގެ އިދާރާއަކަށް ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ މިއަދު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ޖަލްސާގައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.