ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ހަރަދަށް 20 ބިލިއަން ހޭދަ ކޮށްފި

Sep 30, 2021
1

ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް ހަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 33.4 ބިލިއަން ރުފިޔާގެ ބަޖެޓުން 20,7 ބިލިއަން ރުފިޔާ ވަނީ ހަރަދުގެ ގޮތުގައި ހޭދަ ކޮށްފަ އެވެ.

މި ހަރަދުގެ ތެރެއިން ރިކަރަންޓް ހޭދައަށް 15 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމެނޭ މުސާރަ ދިނުމަށް 6.9 ބިލިއަން ރުފިޔާ އަދި އެޑްމިނިސްޓްރޭޓިވް އެކްސްޕެންސަސް ތަކަށް 8.6 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި ލޮކްސް އާއި ރައިޓް އޮފްގެ ބަޔަކަށް 221.4 މިލިއަން ހޭދަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބުނީ 12.9 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ޓެކުހުގެ ގޮތުގައި 9,3 ބިލިއަން އަދި ޓެކްސް ނޫން ގޮތް ގޮތުން 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 394.4 މިލިއަން ރުފިޔާ އެވެ.