ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސިންގަޕޫރުގައި ކޮވިޑް ތައްކަތުނުވެ ބޮޑުވަރުވަނީ

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން ކޮވިޑްގެ ހާލަތަށް ހެޔޮ ބަދަލެއް އަދި ނާދެ އެވެ. ބުރާސްފަތި ދުވަހަކީ މިފަހަކަށް އައިސް ހާލަތު އެންމެ ގޯސްވި ދުވަސް ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ.

ބުރާސްފަތި ދުވަހު ކޮވިޑް އަލަށް ޖެހުނު މީހުންގެ އަދަދަކީ 2،500 އެވެ. ސިންގަޕޫރުގައި ކޮވިޑް ފެތުރިގަތް ފަހުން ކޮވިޑް ޖެހުނު ކަމަށް ރަސްމީ ހިސާބުތަކުން ދައްކަނީ 96،000 މީހުންނެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުން ކޮވިޑް ހާލަތު ސިންގަޕޫރުގައި އެންމެ ގޯސްވީ ފާއިތުވި މަހު އެވެ.

ކޮވިޑް ޖެހިގެން ސިންގަޕޫރުގައި މަރުވި ކަމަށް ބުނަނީ 95 މީހުންނެވެ. މިއީ ސިންގަޕޫރު ކަހަލަ އާބާދިއަކަށް ބަލާއިރު ލާހިކު އަދަދެކެވެ. ކޮވިޑް ފެތުރުނަ ނުދިނުމަށް މުޅި ގައުމުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތްއިރު ދޮށީ އުމުރު ފުރައިގެ މީހުން ގެއިން ނުކުތުން އޮންނަނީ މަނާކޮށްފަ އެވެ.

ސިންގަޕޫރުގައި 82 ޕަސެންޓަށް ވެކްސީން ވަނީ ދީފަ އެވެ. އަދި 200،000 މީހުންނަށް ތިންވަނަ – ބޫސްޓާ ޝޮޓް ދީފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ސިންގަޕޫރުގައި މިހާރު ބާރުގަދަކޮށްގެން އުޅެނީ ކޮވިޑްގެ އާ ވޭރިއަންޓްތައް ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސިންގަޕޫރުގައި ގަދަފަދަ ފިޔަޅުވަޅުތައް އަޅައި އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގަމުން ގެންދާއިރު ވެސް ސިންގަޕޫރުން ކޮވިޑް ނައްތާލެވޭ ގޮތެއް އަދިވެސް ނުވެ އެވެ. އޭޝިއާގެ ގިނަ ގައުމުތައް ފަދައިން ކޮވިޑްގެ އާވައްތަރުތައް ސިންގަޕޫރަށް ވަނީ ވަދެގެންފަ އެވެ.