ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަޅުގަނޑު ޖެހީ ފައިޒާ ވެކްސިން: ޓްރަމްޕް

އެމެރިކާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެރިކަމުގައި ހުންނެވީ ޑޮނަލްޑް ޓްރަމްޕެވެ. އޭނާ ކޮވިޑާ މެދު އަބަދު ވެސް ވިދާޅުވަނީ އެއީ ގުދުރަތީ ބަލިމަޑުކަމެއް ނޫން ކަމަށާއި އިންސާނުން އުފެއްދި ބަލިމަޑު ކަމެއް ކަމަށެވެ.

ކޮވިޑާ ގުޅުވައި ޓްރަމްޕް އެންމެ ބޮޑަށް ހަމަލާ ދެއްވަނީ ޗައިނާއަށެވެ. ކޮވިޑަކީ ޗައިނާގައި، ވުހާން ލެބޯޓަރީއެއްގައި އުފެއްދި ވައިރަހެއް ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންވެ ކޮވިޑްގެ ފުރިހަމަ ނަމެއް ކަމަށް އޭނާ ވިދާޅުވީ ޗައިނާ ކޮވިޑެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން އުފައްދައި ފައިޒާ / ބަޔޮންޓެކުން ވެކްސިން ޖަހަން ފެށުމުން ވެސް ވެކްސިން ނުޖައްސަވާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ވެކްސިން ޖެއްސެވި ކަމަށް ވިދާޅުވެ ސަޕޯޓަރުން ވެސް ވެކްސިން ޖެހުމަށް ގޮވާލެއްވި އެވެ.

ޔާހޫ ފައިނޭންސަށް މިދާކަށް ދުވަހު ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އޭނާ ޖެއްސެވީ ފައިޒާ / ބަޔޮޮންޓެކް ކޮވިޑް ވެކްސިނެވެ. އަދި ވެކްސިން ޖެހި ނަމަވެސް އެއްވެސް އުނދަގުލެއް ތަޖުރިބާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ވެކްސިން ޖަހަން މީހުން ނުރުހެނީ ސިޔާސީ މީހުންގެ ސަބަބުން ކަމަށާއި އެމީހުންނަށް ގިނަ ފަހަރު ދެއްކޭ ނުދެއްކާ ވާހަކައެއް ވެސް ނޭނގޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޫސްޓާ ޑޯޒެއް ވެސް ޖައްސަވާނެ ކަމަށާއި އޭގަައި އޮތީ ހިތްޕުޅަށް އަރައި ވަޑައިގަތުން ކަމަށެވެ.