ޓޫރިޒަމް

ޓޫރިޒަމްގެ ރަންޔޫބީލް ކައުންޓްޑައުން މިރޭ ފަށަނީ

Oct 3, 2021
1

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަރަކާތްތަކަށް ތައްޔާރުވުމަށްޓަކައި ކައުންޓްޑައުން މިރޭ ފެށުމަށް ނިންމައިފި އެވެ.

މި ރަސްމިއްޔާތު ބާއްވަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު، ކުރުނބާ މޯލްޑިވްސްގަ އެވެ. ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ ކައުންޓްއުން ފައްޓަވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިރޭގެ ރަސްމިއްޔާތުގައި ރަންޔޫބީލްގެ ތީމް ލަވަ ވެސް ރައީސް ސޯލިހް ނެރެދެއްވާނެ ކަމަށެވެ.

ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބިލްގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ލޯގޯ މީގެ ކުރިން ވަނީ ދައްކާލާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ކާރުންނާއި ރިސޯޓްތައް ހިންގަވާ ބޭފުޅުންނާއި ރިސޯޓުތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއްވަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބިލް އަންނަ އަހަރު ފާހަގަކުރާއިރު ރާއްޖޭގައި 150 ރިސޯޓު މިވަގުތު ދަނީ ހިންގަމުންނެވެ.