ދުނިޔެ

ދެ ކޮރެއާގެ ހޮޓްލައިން ރަނގަޅުކޮށް މަޝްވަރާކޮށްފި

އުތުރާއި ދެކުނުން މަޝްވަރާ ކުރަން ގާއިމު ކޮށްފައިވާ ޓެލެފޯން ހޮޓްލައިންތައް ރަނގަޅުކޮށް ވާހަކަތައް ފަށައިފި އެވެ. ދެ ކޮރެއާ ސުލްހަ ވުމަށް ހޮޓްލައިން އެޅިއެއް ކަމަކު ރަނގަޅު ގޮތުގައި ބޭނުން ކުރެވިފައެއް ނުވެ އެވެ.

އުތުރު ކޮރެއާއިން ދެކުނާ ސުލްހަވުމަށް ދައްކާ އުޒުރަކީ ދެކުނުން އެމެރިކާއާއެކު އޮންނަ ގާތް ގުޅުމެވެ. އަދި އެމެރިކާ ސިފައިން ދެކުނުގެ އަސްކަރީ މަރުކަޒުތަކުގައި ތިބުމާއި އެމެރިކާއާ ގުޅިގެން ދެކުނުން ދޭތެރެ ދޭތެރެއިން ބާއްވާ އަސްކަރީ ފަރިތަކުރުން ތަކުގެ ސަބަބުން ވެސް މަޝްވަރާއަށް ހުރަސް އެޅެ އެވެ.

ދެ ކޮރެއާގެ ދެމެދުގައި މަޝްވަރާތައް މެދުކެނޑިފައި އޮތުމަށް ފަހު ވާހަކަތައް އަޅުން ފެށިއްޖެ ކަމަށް ދެކުނު ކޮރެއާގެ ހަބަރު އޭޖެންސީތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ދެ ކޮރެއާ ސުަލްހަވުމަކީ ދެ ކޮރެއާގެ އާއިލާތަކަށް ވެސް ބޮޑު ފައިދާއަކަށް ވާނެ އެެވެ. މިއީ ދެކޮރެއާގެ އޮފިޝަލުން ވެސް ދަންނަ ކަމެކެވެ. އެހެން ނަމަވެސް މަޝްވަރާތައް ފަށައިގަންނަ ތަނުން ގިނަ ފަހަރު އޮންނަނީ ކޮންމެވެސް ކޫސަނި މައްސަލައެއްގައި ވާހަކަތައް ހުއްޓާލަން ޖެހިފަ އެވެ.

ދެ ކޮރެއާ ދެމެދުގައި ކުރެވެމުން ދިއަ މަޝްވަރާތައް ފާއިތުވި އަހަރު، ޖޫން 2020 ގައި ހުއްޓާލަން ޖެހުނު ސަބަބު ކަމަށް އުތުރުން ބުނީ ދެކުނުން އަދާ ކުރަން ޖެހޭ ޒިންމާ ރަނގަޅަށް އަދާ ނުކުރެވުމެވެ. ދެކުނު ކޮރެއާގެ އެކްޓިވިސްޓުން އުތުރަށް ޖޯކު ޖަހައި މަލާމާތްކޮށް ބެހި ލީފލްކެޓްތަކެއްގެ މައްސަލާގައި އެވެ.

މަޝްވަރާތައް އަލުން ފަށައިގެން ކުރިއަށް ދާއިރު ޕިޔޮންގްޔަންގުން ބުނީ އަދި އިތުރު ހޮޓްލައި ގާއިމު ކުރާނެ ކަމަށާއި މަޝްވަރާއަށް ބުރޫއަރާ ފަދަ ހަރަކާތްތަކުން ދެ ގައުމުން ވެސް ދުރުހެލިވާން ޖެހޭ ކަމަށެވެ.