ރާއްޖެ ކުޅިވަރު

އަންނަ އަހަރު ވެސް ނިއުގެ ކޯޗަކަށް ކަވަޒޮވިޗް

Nov 30, 2015
1

ޖެހިޖެހިގެން ހަތަރު ވަނަ އަހަރަކު ނިއު އަށް ދިވެހި ލީގު ކާމިޔާބުކޮށްދިން ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް އަންނަ އަހަރު ވެސް އެ ޓީމުގައި ބަހައްޓަން ނިންމައިފި އެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ފަހު މިދިޔަ އޮގަސްޓް މަހު ނިއުއާ ހަވާލުވި ކޯޗަށް އަންނަ އަހަރު ވެސް ޓީމު ހަވާލުކުރަން ނިންމީ އިއްޔެ ބޭއްވި ކުލަބުގެ އިސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނިކޮލާ ކަވަޒޮވިޗް އަކީ ޔުއެފާ އޭ ލައިސަންސް އޮންނަ ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ސްރީލަންކާ އާއި ތަޖަކިސްތާންގެ ގައުމީ ޓީމަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން ތަޖަކިސްތާނުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އިސްތިގްލޯލް ޑުޝަންބީ އަށް 2012 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބްކޮށްދީފައެވެ.

ކަވަޒޮވިޗް ވަނީ ނިއުއަށް އޭނާ ދިވެހި ލީގު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެނާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށް ބުނެފަ އެވެ. އޭނާ ހަވާލުވި ފަހުން ނިއު މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވީ ވެލެންސިއާ އަތުން އެކަންޏެވެ.