އިމްރާން އަބްދުﷲ

ހުޅުމާލެއަށް އިތުރު ޕޮލިސް ސްޓޭޝަނެއް

ހުޅުމާލެ ފޭސް ދޭއްގައި ވަކި ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރަން އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަަހައްދުގެ އަމަން ގާއިމް ކުރުމާ ގުޅޭގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެންދާ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ހިޔާގެ ސަރަހައްދުގައި އަމަން އަމާންކަން ގާއިމްކޮށް އެ ސަރަހައްދުގައި ހިނގާ ކުށްތައް ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކިއެކި މުއައްސަސާތަަކުން ވެސް އެކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި އަމަން އަމާންކަން ގާއިމު ކުރުމަށް ފުލުހުން ހާއްސަކޮށް ހުޅުމާލޭގެ ފުލުހުން ވަކި އިންތިޒާމްތަކެއް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ފޭސް ދޭއްގައި ފުލުހުންގެ ވަކި ސްޓޭޝަނެއް ގާއިމް ކުރެވިގެން ދާނެ ކަމަށް" މިނިސްޓަރު ވިދާޅުވި އެވެ.