އެޗްޑީސީ

ހިޔާގެ ބިިއްލޫރި ފެންވަރު ދެރައެއް ނޫން: އެޗްޑީސީ

ހިޔާގެ ބައެއް ފްލެޓްތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެން ދިޔައީ ފެންވަރު ދައްވެގެން ނޫން ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނީ މިދިޔަ ހަފުތާގައި ދެ ފްލެޓެއްގެ ބެލްކަނީ އަދި ބެލްކަނި ކައިރި ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ މައްސަލައާ ގުޅިގެނެވެ.

އެޗްޑީސީއިން ބުނި ގޮތުގައި އެ މައްސަލަ ވަނީ ތަހުގީގު ކުރި އިރު އެ މައްސަލަ ދިމާވީ އެޗް 3 އަދި އެޗް 4 އަށެވެ.
ތަހުގީގުން ދައްކާގޮތުގައި އެއް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވަަނީ އެއްޗަކުން ޖެހިގެނެވެ. އަދި އެޗް 4 ގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ބިއްލޫރިގަނޑު ނައްޓާލާފައި ހުއްޓަ އެވެ. ސަބަބެއް ނުހޯދެ އެވެ.

އަދި ބުނީ ބިއްލޫރިތައް ތަޅައިގެން ދިޔައީ ފެންވަރު ދައްވެގެން ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ފާހަގައެއް ނުވާ ކަމަށާއި އެ ދެ ހާދިސާގެ ސަބަބުން ފްލެޓްތަކުގައި ހަރުކޮށްފައި ބިއްލޫރި ދޮރުތަކުގެ ފެންވަރާ މެދު ސުވާލު ނުއުފެދޭ ކަމަށެވެ.

ހިޔާގެ ފްލެޓް ތަކުގައި ބިއްލޫރި ދޮރުތައް ހަރުކޮށްފައި ހުންނަތާ މިހާރު ދެ އަހަރެއްހައި ދުވަސް ވެއްޖެ އެވެ. މިދިއަ މުއްދަތުގެ ތެރޭގައި މިފަދަަ ކަމެއް ހިނގާފައެއް ނުވެ އެވެ.

ހިޔާގެ ފްލެޓްތަކުގައި ބިއްލޫރީގެ ގޮތުގައި ބޭނުން ކޮށްފައި ހުރީ "ޓެމްޕާޑް ގްލާސް" އެވެ. އަދި މި ބިއްލޫރިއަކީ ހޫނު ގަދަވުމުގެ ސަބަބުން ފަސޭހައި ތަޅައިގެން ނުދާނެ އަދި ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފިނަމަ ނުރައްކާވުމުގެ ފުރުސަތު ކުޑަ ބިއްލޫރި އެކެވެ.