އަގު ބޮޑު ބޮޑު މެޝިނަރީ ސާފު ކުރުމުގެ ހިދުމަތާއެކު ސްޓެލްކޯއިން ހުޅުމާލޭގައި ވޯކްޝޮޕެއް ހުޅުވައިފި އެވެ.
ހުޅުމާލެ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ ސްޓެލްކޯ ބާ އިންޖީނުގޭގައި ހެދި ވޯކްޝޮޕް ރޭ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ އެވެ.
"ސްޓެވޯ" ގެ ނަމުގައި ހުޅުވި މި ވޯކްޝޮޕް ހަދާފައިވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާ އެއް މިންވަރަކަށް އުފެދެމުން އަންނަ މަސައްކަތުގެ މާހައުލަށް ހިދުމަތް ދެވޭ ފެންވަރުގަ އެވެ.
ވޯކްޝޮޕުން ދޭ ބައެއް ހިދުމަތްތައް
- ޖަނަރޭޓަރު އެސެމްބްލަކޮށް، ސާވިސްކޮށް ސާފު ކުރުން
- މި ވޯކްޝޮޕްގައި ތިން މޮޑިއުލްއެއް ނުވަތަ ބައެއް ހިމެނޭ
- އެއް މޮޑިއުލްއަކީ 300، އެސްޓީޑަބްލިއު 600 އަދި އެސްޓީޑަބްލިއު 800
- ކަސްޓަމަރުގެ ބޭނުވާ ގޮތަށް ޖަނަރޭޓަރު މޮޑިފައި ކޮށްދޭނެ
ސްޓެލްކޯގެ ސްޓެވޯއިން ޖަނަރޭޓަރު ސެޓުތައް މޮޑިފައި ކުރުމުގެ އިތުރުން އަލްޓްރާ ސްކޭލިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި މިތަނުން މޮޑިފައިކޮށް ސާވިސް ކުރާ ޖަނަރޭޓަރު ސެޓުތަކަށް ވޮރަންޓީ ވެސް ދޭނެ އެވެ.
ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ރާއްޖޭގެ މާލެ ސަރަހައްދު ހިމެނޭ ގޮތަށް 35 ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތްދެ އެވެ.