ސުޕްރީމް ކޯޓް

ޝާހިދު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ސުޕްރީމް ކޯޓު
0%
0%
0%

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރާއްޖޭގެ ސުޕްރީމް ކޯޓުގައި މިއަދު މެންދުރުފަހު އެވެ.

މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވެސް ބައިވެރިވަޑައިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު، ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތަށް ޝާހިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ހެނދުނުގެ ވަގުތެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝާހިދަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ޝާހިދުގެ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު އެ މަނިކުފާނު ވަޑައިގަންނަވާނީ ސާބިއާ އަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345