އަބްދުﷲ ޝާހިދު

އދ.ގެ ސެކްރެޓަރީ ޖެނެރަލަކަށް ބޭނުންވަނީ އަންހެނެއް

ޝާހިދު ވިދާޅުވީ އދ. ގެ ސެކެއްޓަރީ ޖެނެރަލަކަށް ބޭނުންވަނީ އަންހެނެއް ކަމަށް --- ފޮޓޯ: މަޖިލިސް
0%
0%
0%

އދގެ އިސް މަގާމުތަކަށް އަންހެނުން ގެންނަން ޖެހޭ ކަމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެމަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޒަމާނުއްސުރެ އެ މަގާމު އަދާކުރަނީ ފިރިހެނުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެ މަގާމަށް އަންހެނަކު މިހާރު އަންޔަން ކުރަން ޖެހޭ ކަމަށެވެ

ވިސްނުންފުޅަކީ އެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުން ކަމަށް ޝާހިދު ތަކުރާރުކޮށް ވިދާޅުވި އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވީ ހުޅަނގު ޔޫރަޕްގެ ބޭފުޅެއް ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެއަށްފަހު ދެން ފުރުސަތު އޮންނާނީ އެފްރިކާއަށް ކަމަށެވެ. އޭގެފަހުން ފުރުސަތު ލިބޭނީ އޭޝިއާއަށް ކަމަށާއި، އެފްރިކާ ބައްރުން ވެސް އަންހެން ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އޭޝިއާއިން ވެސް އެ މަގާމަށް ހޮވާނީ އަންހެން ބޭފުޅެއް ކަމުގެ ޔަގީން ކަން އެބައޮތް. އަޅުގަނޑު ވެސް ތާއީދު ކުރައްވަނީ އަންހެން ބޭފުޅަކު އޭޝިއާއިން އެ މަގާމަށް ވަޑައިގަތުމަށް."

ޝާހިދު ވިދާޅުވީ މިހާތަނަށް އަންހެން ބޭފުޅަކު އދ. ގެ ސެކްރެޓަރީ ޖެނެރަލްކަން ފުރުއްވާފައިވާތީ އެއީ ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ. އެހެންވެ ގަބޫލުފުޅު ކުރައްވަނީ ކޮންމެ ބައްރަކުން ބޭފުޅަކު ވަޑައިގަތަސް އަންހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުމަށް ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345