ރައީސް އޮފީސް

ރަށްތަކަށް ފޮނުވަން 20 އެމްބިއުލަންސް ގެނެސްފި

Oct 7, 2021

އަތޮޅު ތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ 20 އެމްބިއުލާންސް ލިބުމާއެކު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 40 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވަނީ ބުނެފައެވެ. ސަރުކާރުން ކަނޑައަޅާފައި އޮތީ އަހަރު ނިމުގެ ކުރީން 60 އެމްބިއުލާންސް ގެނެސް ރަށްރަށް ގެންދިއުމުވެ.

ޖޫން 10، 2021 ގައި ވި އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި 96 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރަންޖެހެ އެވެ.

އޯޑަރު ދީފައިވާ އެމްބިއުލާންސްތައް ލިބުމުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތުގައި މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ކުރީން ވަނީ ދީފައެވެ.