ދުނިޔެ

އީރާގުން އެމެރިކާ ސިފައިން ފައިބަނީ

އީރާގުގައި ތިބި އެމެރިކާ ހަނގުރާމަމަތީ ސިފައިން ފައިބަން ފަށައިފި އެވެ. އީރާގުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނި ގޮތުން މަޝްވަރާ ކޮށްފައި އޮތް ގޮތަށް އަސްކަރީ ސިފައިން އެ ގަމުން ފައިބަން ފަށައިފި އެވެ.

އެމެރިކާ ސިފައިން އީރާގުން ފޭބުމަށް ކުރިން ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް ސިފައިން ފައިބައިގެން ދިއަ ނަމަވެސް އީރާގުގެ އަސްކަރިއްޔާއަށް އެހީތެރި ވުމަށް ވަކި އަދަދެއް އީރާގުގައި ދެމިތިބޭނެ އެވެ. އެ ނޫން ގޮތަކަށް އެމީހުން ހަރަކާތްތެރިއެއް ނުވާނެ އެވެ.

އީރާގުގެ އިދާރާތަކަށް ލަފާ ދިނުމަށާއި ސަރަހައްދީ ގައުމުތަކާއެކު ގުޅުން ދެމެހެއްޓުމަށް އަދި ޖާސޫސީ މައުލޫމާތު ފޯރު ކޮށްދިނުމަށް ވެސް އެމެރިކާ އޮފިޝަލުން އީރާގުގައި އަދި ދެމިތިބޭނެ އެވެ.

އެމެރިކާ ސިފައިން އީރާގުން ފައިބައިގެން ދާއިރު ސިފައިންނަށް ބޭނުންވާ ތަމްރީން ދޭނެ އެވެ. ހަތިޔާރާއި އަސްކަރީ އުޅަނދުތައް ވެސް ފޯރު ކޮށްދޭނެ އެވެ.

އީރާގާއި އެމެރިކާ އެއްބަސްވެފައި އޮތީ މިއަހަރުގެ ނިޔަލަށް ސިފައިން ބާލައި ހުސްކުރުމަށެވެ. އީރާނުގެ އެމެރިކާއަށް ކަށަވަރުކޮށްދީފައި އޮތީ އެމެރިކާ ސިފައިން އީރާގުން ބޭލި ނަމަވެސް ގައުމާއި ސަރަހައްދު ބެލެހެއްޓޭނެ ކަމަށެވެ.

އެމެރިކާ ސިފައިން ބައިނަލްއަގުވާމީ ކޯލިޝަނެއް ހަދައި އީރާގުގައި ތިބެން ފެށީ 2014 އިން ފެށިގެން ނެވެ. އެއިރު އެމީހުންގެ އަމާޒަކީ އައިސިސް / ދާއިޝް ޓެރަރިސްޓުން ހިފައި ހުސްކުރުމެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެއް ވެސް އެކަމެއް ނުވެ އެވެ.