މަގުމަތީގެ އެކްސިޑެންޓް

ބްރިޖް ހައިވޭ އެކްސިޑެންޓެއްގައި އަނިޔާވެއްޖެ

Oct 8, 2021

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ބްރިޖް ހައިވޭގައި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިއެވެ.

ފުލުހުންނަށް މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ 7:54 ގައެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.