މަގުމަތީގެ އެކްސިޑެންޓް

ސިނަމާލެ ބްރިޖު ކައިރީގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

Mar 14, 2023
1

ސިނަމާލެ ބްރިޖު ކައިރީގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ސިނަމާލެ ބްރިޖު ޓްރެފިކް ލައިޓް ކައިރީގައި މި އެކްސިޑެންޓް ހިނގީ ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާއަށެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ހެނދުނު 7:49 ހާއިރު ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.