މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހޯމް މިނިސްޓްރީން ފިލްމު ހަދާތީ ވަހީދު ފާޑު ވިދާޅުވެއްޖެ

Oct 8, 2021
2
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
33.3%
0%
66.7%

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހެދުމަށް ހޯމް މިނިސްޓްރީން ނިންމުމާ ގުޅިގެން އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

ވަހީދު ވިދާޅުވީ ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދަށް ފިލްމު ހެދުމަކީ ވަރަށް ރަގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއީ މިނިސްޓްރީ ތަކުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުުނުކުރައްވާ ކަމަށެވެ.

"އަމުދުން ތާރީޚާ އާދަކާދައާ ބެހޭ މިނިސްޓްރީއެއް ހުއްޓައި ހޯމް މިނިސްޓްރީ އަކުން ނޫން [އެކަން ކުރާނީ]،" ވަހީދު ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހެދުމުގެ މަސައްކަތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފިލްމުގެ މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމު އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ފިލްމެއް ގެނެސްދެނީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި ގުރުބާނީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. ފިލްމުގެ މަސައްކަތުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ހަދާ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އޮފީސްތަކުގެ ޑްރާމާ މުބާރާތުން ފާހަގަކުރެވުނު އަޝްހަރު ވަހީދެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

2000

މިހާރު އޮތް މަޖިލީހަށް ރައްޔިތުން ވަނީ އިތުބާރު ގެއްލިފައި. ދިވެހި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އިސްލާމް ދީން ނޫން ދީނަކަށް ގޮވާލީ މިހާރުގެ މަޖިލީހުން. މިއަށް ވުރެ ބޮޑު ފެއިލެއް ނެތް. މިނިވަން ޖުޑިސަރީއެއް އޮތްނަމަ މަޖިލީހުން އެގޮވާލި ގޮވާލުން ކުށްވެރި ކުރާނެ. މަޖިލީސް އެންމެ މެމްބަރެއް ނޫން އެފިކްުރުގައި މިހާރު ތިބީ

ލލ

އެކަން ކުރެވިދާނެތާ ދެމިނިސްޓުރީ އެކުވެގެންވެސް، ބަލަ އެމެފަހަރަކުވެސް އެކަން ކުރާނީ ހޯމް މިނިސްޓުރީނޭ މިނިސްޓާރ ބުނިތޯ ؟ ހޯމް މިނިސްޓާރ ބުނީ ބޮޑުތަކުފާނުގެ ޤައުމީ ޖިހާދު ދައްކުވައިދޭ ފިލްމެ ތައްޔާރު ކުރަންޖެހޭ ވާހަކަ ނުންތޯ ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345