ވިޔަފާރި

ޓީ-ބިލް ގަތް އަދަދު 22 ޕަސެންޓް އިތުރުވެއްޖެ

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު.--އަވަސް ފޮޓޯ
0%
0%
0%

އަމިއްލަ ފަރާތްކާއި ބޭންކްތަކުން ޓްރެޒަރީ ބިލް (ޓީ-ބިލް) ގަތް އަަދަދު އަހަރު ދުވަހުގެ ތެރޭގައި 22 ޕަސެންޓް އިތުރުވެއްޖެ އެވެ. މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓީ-ބިލަށް އިންވެސްޓްކޮށްފައިވަނީ 13.1 ބިލިއަން ރުފިޔާ އެވެ.

މިއީ މަހުން މަހަށް ބަލާއިރު ހަތަރު ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކްތަކުން މި މުއްދަތު ތެރޭގައި ޓީ-ބިލަށް އިންވެސްޓްކޮށްފައިވާ އަދަދު އަށް ޕަސެންޓް އިތުރުވެފައިވުމެވެ.

ރާއްޖޭގެ ޓީ-ބިލްގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އަމިއްލަ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ކުންފުނި، ޗަމްޕާ ބްރަދާސް އެވެ. އެ ކުންފުނިން 221 މިލިއަން ރުފިޔާގެ ޓީ- ބިލް ގަނެފައިވެ އެވެ.

އަދި ދެވަނަ އަށް އެންމެ ގިނައިން ޓީ-ބިލް ގަތް ކުންފުންޏަކީ ކްރައުން ކޮމްޕެނީ އެވެ. އެ ކުންފުނިން 16 މިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. މީގެ އިތުރުން ޓީ- ބިލްގެ އެންމެ ބޮޑު ޕަސެންޓެއް ގަނެފައިވާ ދައުލަތުގެ މުއްސަސާއަކީ ޕެންޝަން އޮފީހެވެ. ޕެންޝަން ފަންޑުން 3.7 ބިލިއަން ރުފިޔާގެ ޓީ ބިލް ގަނެފައިވެ އެވެ. އަދި ދެން އެންމެ ގިނައިން ޓީ-ބިލް ގަނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ.

ސަރުކާރުން ދާދިފަހުން ވަނީ ޓީ- ބިލްގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ. މިހާރު ޓީ-ބިލް ވިއްކަނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910