ފިނޭންސް މިނިސްޓްރީ

ޖޫރިމަނާ އިން އާމްދަނީއަށް 162 މިލިއަން

Oct 9, 2021
2
ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: ޖޫރިމަނާގެ ގޮތުގައި ލިބޭ އަދަދު ދަނީ މަތިވަމުން -- ފޮޓޯ: އަވަސް
0%
0%
0%

ދައުލަތަށް އާމްދަނީގެ ގޮތުގައި އެކިއެކި ޖޫރިމަނާ ތަކުން ލިބުނު އަދަދު 160 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 162.2
މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަދަދު މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ އުޅެނީ 102.9 މިލިއަން ރުފިޔާގަ އެވެ. ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރު އަންދާޒާކުރީ 43.9 މިލިއަން ރުފިޔާ އެވެ. ޖޫރިމަނާގެ ގޮތުގައި ލިބުނު އަދަދު މީރާގެ ޖޫން މަހުގެ ތަފާސްހިސާބުގައި ހިމަނާފައިވީ ނަމަވެސް އެކަމާ ގުޅޭ ތަފްސީލް މައުލޫމާތު ހިމަނާފައެއް ނުވެ އެވެ.

ދައުލަތުން ދޭ އެކި ހިދުމަތްތަކުން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތަށް އާމްދަނީ ވަންނަ ކަމަށް ދައްކަ އެވެ. ނަމަވެސް ބައެއް ކަންކަމުން ޖޫރިމަނާ ކުރަމުން ގެންދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މީގެ އެއް ކަމަކީ ޕާކިން މައްސަލަ އެވެ. މާލޭގައި ޕާކު ކުރާނެ އެކަށީގެންވާ ޖާގަނެތި ޕާކިން ޖޫރިމަނާ ކުރުމަކީ އާއްމުންގެ މެދުގައި އުދާސްކަން ބޮޑު މައްސަލަ އެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިލޭ އެހީ އާއި އާމްދަނީއެއްކޮށް ބަލާނަމަ ލިބިފައިވަނީ 14.6 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރީ 21 ބިލިއަން ރުފިޔާ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345