އޭސް ހާޑްވެއާ

ބޮޑެތި އިނާމުތަކާއެކު އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަން ފަށައިފި

ދެ މީހަކަށް ދުބާއީއަށް ދަތުރެއް ލިބޭ ގޮތަށް އޭސް ހާޑްވެއާގެ އަހަރީ ސޭލް ޕްރޮމޯޝަން ފަށައިފި އެވެ.

ޕްރޮމޯޝަނާ ބެހޭ ގޮތުން އޭސް ހާޑްވެއާއިން ބުނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އަހަރީ ޕްރޮމޯޝަންގައި އެއް ވަނަ ދެވަނަ އަދި ތިން ވަނަ އިނާމް ލިބޭ ފަރާތްތައް ހޮވާނީ ގުރުއަތުން ކަމަށާއި 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ އެންމެން ގުރުއަތަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ އްވަނަ އިނާމަކީ ދެ މީހަކަށް ދުބާއީއަށް ހިލޭ ދަތުރެކެވެ. ދެވަނަ އިނާމަކީ މެގަ މޯލްޑިވްސް އިން ދަތުރުކުރާ ކޮންމެސް ގައުމަކަށް ދެ މީހެއްގެ ދެކޮޅު ޓިކެޓެވެ. ތިން ވަނަ އަށް ހޮވޭ ފަރާތަކަށް އައިފޯން 6 އެސް އެކެވެ.

އޭސް ހާޑްވެއާގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެ އެވެ.

އޭސް ހާޑްވެއާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ވިއްކާ ކުޑަކުދިން ކުޅޭ ސާމާނު ތަކުން ލިބޭ ފައިދާއިން ޕަސެންޓެއް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ، އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލް އާއި ރާއްޖޭގެ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ޑިސެމްބަރު 15، 2011 ގައި ވި އެއްބަސްވުމުގެ ދަށުން އެއަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ހުޅުވި އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ދެވަނަ ފިހާރައެއް 2013 ވަނަ އަހަރުދެ ޑިސެމްބަރު މަހުގެ 19 ވަނަދުވަހު މާލޭގައި ވަނީ ހުޅުވާފައެވެ.