ސާފް ޗެމްޕިއަންޝިޕް

މިއަދުގެ މެޗު ކާނިވަލުގައި ބެލޭނެ ގޮތް ހަދައިފި

މިހާރު ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ދަށުން ރާއްޖެއާ ސްރީލަންކާއާއެކު މިއަދު ހަވީރު ކުޅޭ މެޗު މާލޭގެ ކާނިވާ ސަރަހައްދުން ބެލޭނެ ގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދު މެޗު ކުރިއަށްދާ ވަގުތު އަލިމަސް ކާނިވަލްގެ ބޮޑު ސްރީން އިން މެޗު ބެލުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

ލަންކާއާ ރާއްޖެ ބައްދަލުކުރާ މެޗު ފެށޭނީ މިއަދު ހަވީރު 4:00 ޖަހާ އިރު އެވެ.

ކާނިވާ ސަރަހައްދުން މެޗު ބެލޭނެ އިންތިޒާމް ހަމަޖެއްސި އިރު ސޯޝަލް ސެންޓަރުގައާއި އަދި އުސްފަނޑާ ދިމާލަށް ހުންނަ ސްޓެލްކޯގެ ބޮޑީ ސްކްރީނުން ވެސް މެޗު ބެލޭނެ އެވެ.

މިއަދުގެ މެޗަށް ޓިކެޓްތައް އެންމެ ފުރަތަަމަ ވިއްކީ އިއްޔެ ހެނދުނު އެވެ. ނަމަވެސް ޓިކެޓް ވިއްކުމުގައި އޮޅުވާލުންތައް ހުރި ކަަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ރޭ އިތުރު 1000 ޓިކެޓް ވިއްކި އެވެ.