ސިވިލް ކޯޓް

އެވޯޑް މައްސަލަ ކޯޓުން ބޭރު ކޮށްލައިފި

Oct 11, 2021
1

މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރު ބާއްވާ ނޫސްވެރިކަމުގެ އިނާމު 2020 ގެ އުސޫލާމެދު ހިތްހަމަނުޖެހިގެން ނޫސްވެރިންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލައިފި އެވެ.

މީޑިއާ ކައުންސިލާ ދެކޮޅަށް ބައެއް ނޫސްވެރިން ސިވިލް ކޯޓަށް ވެއްދި މި މައްސަލައަކީ ނޫސްވެރިކަމުގެ އިނާމު ހަފްލާ ކުރިއަށްގެންދާ އުސޫލާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނުވަތަ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ މަރުހަލާގައި ދެ ފަރާތުން ވާހަކަދައްކައިގެން މައްސަލައަށް ހައްލެއް ގެނެވޭ ގޮތް ނުވެފަ އެވެ.

މި މައްސަލައިގައި މިއަދު ސިވިލް ކޯޓުގައި އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ. މި އަޑުއެހުމަކީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ހަފްލާ ވަގުތީގޮތުން ހުއްޓުވުމުގެ އަމުރަކަށް އެދި ނޫސްވެރިން ހުށަހެޅި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި، މި މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލަ އަކީ 20 ނޫސްވެރިން އިސްވެ ހުށަހެޅި މައްސަލައެކެވެ.

މީޑިއާ ކައުންސިލްގެ ފަރާތުން ބާއްވާ ނޫސްވެރިކަމުގެ އިނާމު 2020 މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.