އެމްޓީސީސީ

ކަސްޓަމަރުންގެ ދުވަހަށް އެމްޓީސީސީގެ ކޭމްޕޭނެއް

Oct 11, 2021

ދުނިޔާގެ ކަސްޓަމާ ސާވިސްގެ ދުވަހާ ގުޅުވައި އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާހު ކޮށްފި އެވެ.

އެމްޓީސީސީން ބުނީ މި މަހުގެ ހަތަރަކުން އަށަކަށް ފާހަގަ ކޮށްފައިވާ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާއާ ގުޅުވައިގެން އެމްޓީސީސީއިން މިއަހަރުގެ ހިނިތުންވުމާއެކު ކެމްޕޭން އިފްތިތާހުކޮށްފައިވާ ކަމަށެވެ.

މި ކެމްޕެއިނަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރު ކުރުމާއި ކުންފުނިން ހިދުމަތް ލިބިގަންނަ މީހުންގެ ކަސްޓަމާ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުމެވެ.

އަދި ކުންފުނީގެ އުންމީދަކީ ހިނިތުންވުމާއެކު މި ކެމްޕެއިންގެ ސަބަބުން އެމްޓީސީސީން ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުން ކަމަށް ބުނެ އެވެ