އުރީދޫ

"ކައްޓި ހިތްވަރު"ގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

Dec 1, 2015

ސަލްޓަން ޕާކާއި ނޭޝަނަލް އާޓްގެލަރީގައި މާދަމާ ފަށާ "ހައްޓި ހިތްވަރު" ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ދި މޫވްމެންޓްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "ކައްޓި ހިތްވަރު ފެސްޓިވަލް" ބާއްވަނީ މިމަހުގެ 2-5 އަށެވެ. މި ފެސްޓިވަލް ބޭއްވުމުގެ ގޮތުން ޓެލެކޮމް ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒެވެ. އަދި ދި ޔޫތް މޫވްމެންޓު (ޑީވައިއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ފާތިމަތު އިޝާ އަފީފް އެވެ.

ނިޔާޒު ވިދާޅުވީ އުރީދޫއަކީ ޒުވާނުންނަށް ވަރަށް ބޮޑަށް ހިއްވަރު ދޭ ކުންފުންޏެއް ކަމަށާއި، މިފަދަ އެއްބަސްވުމެއް ގާއިމް ކުރީ އެ ސަބަބަށް ކަމަށެވެ.

ޑިވައިއެމްގެ ރައީސް އިޝާ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން މި ފެއާ ބާއްވަނީ ޒުވާނުންގެ މަސައްކަތްތައް ދައްކާލުމަށް ކަމަށެވެ.

"ވަރަށް ހުނަރުވެރި ޒުވާނުން އެބައުޅޭ. ނަމަވެސް އެ ކުދިންގެ މަސައްކަތް އެޕްރިޝިއޭޓް ނުކުރާ. އެހެންވެ މި ފެސްޓިވަލްގެ މަގުސަދެއް ޒުވާނުންގެ ހުނަރު ދައްކާލުން،" އިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެއާގައި އަމިއްލަ ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާއި އެކި އާޓިސްޓުންގެ ހުނަރު ފެނިގެންދާނެ ކަމަށެވެ. މި ފެސްޓިވަލްގައި ލިޔުންތެރިނާއި މިއުޒީޝަނުން އަދި ފޮޓޯގްރަފަރުން ވެސް ބައިވެރިވާނެ ކަމަށެވެ.

"ފެސްޓިވަލްގައި 100 އަށްވުރެ ގިނަ ބައިވެރިން އެބަ ބައިވެރިވޭ،" އިޝާ ވިދާޅުވި އެވެ.