މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އޮރަކަލްއާއެކު އެމްޕީއެލްގެ ހިދުމަތްތައް ޒަމާނީ ކުރަނީ

Oct 12, 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު ބޭނުންކުރާ އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރްޕީ) ސޮފްޓްވެއާގެ ބަދަލުގައި އޮރަކަލް ސޮފްޓްވެއާ ބޭނުން ކުރަން ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނީ "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" ބޭނުން ކުރުމަށް ނިންމައި ހިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރްޕީ ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު، އެ ކުންފުނިން މިހާރު މެނުއަލްކޮށް ދެމުންދާ ގިނަ ހިދުމަތްތައް އޮޓޮމޭޓްވެ، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

އެމެރިކާގެ "އޮރަކަލް" އަކީ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.