ބޮލީވުޑް

ޓީވީ ތަރި ސަނާޔާ އާއި މޯހިތު ކައިވެނިކުރަނީ

Dec 2, 2015
1

ދެހާސް އަށް ވަނަ އަހަރު ސްޓާ ވަން އިން ދެއްކި، މަގުބޫލު ޓީވީ ޝޯ "މިލޭ ޖަބް ހަމް ތުމް" ބެލުންތެރިންގެ މަގުބޫލު ހޯދާފައިވާ ދެތަރިން ކަމަށްވާ ސަނަޔާ އިރާނީ އާއި މޯހިތު ސެއިގަލް އަންނަ ޖެނުއަރީގައި ކަވެނިކުރަން ނިންމައިފި އެވެ.

"މިލޭ ޖަބް ހަމް ތުމް" ކުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅިފައިވާ ސަނާޔާ އާއި މޯހިތު ރައްޓެހިވެގެން އުޅޭތާ މިހާރު ފަސް އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.

ޓީވީ އެހެން ތަރިންނާއި ހިލާފަށް މޯހިތު އާއި ސަނާޔާ ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހު ސްޓާ ވަން އިން ދެއްކި މިޑްރާމާ ކުޅެމުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާތަކަށް ބުނެފަ އެވެ.

މިދެތަރިން ޖެނުއަރީ މަހު ކައިވެނިކުރަން ނިންމި ނަމަވެސް ކައިވެނި ކުރާނެ ދުވަހެއް ހާމަކޮށްފަ އެއް ނުވެ އެވެ.

މިދެތަރިންގެ ގާތްފަރާތަކާއި ހަވާލާދީ ނޫސްތަކުގައިވާ ގޮތުން މިދެތަރިންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ގޯއާ ގަ އެވެ. އަދި މިހަފްލަގައި ބައިވެރިވާނީ ދެފަރާތުގެ އާއިލާގެ އިތުރުން ދެތަރިންގެ ވެސް ވަރަށް ގާތް ރަހުމަތްތެރިން ކަމަށްވެ އެވެ.

އަދި މިދެތަރިންނަކީ ވެސް ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ދެތަރިންނަށް ވުމުން ދެމީހުންގެ ގާތް ޓީވީ ތަރިންވެސް މިކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ކަމަށްވެ އެވެ. އަދި އާއިލާގެ މީހުންނާއި ގާތްއެކުވެރިން މިހާރު އަންނަނީ މިކައިވެންޏަށް ތައްޔާރުވަމުން ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

ސަނާޔާ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ ސްޓާ ޕްލަސް އިން ދެއްކި ޝޯ "އިސް ޕިޔާރްކޯ ކިޔާ ނާމްދޫން" ގައި ކުޅުނު ޚުޝީގެ ރޯލުންނެވެ.

އެންމެފަހުން ސަނާޔާ ކަލާސް ޗެނަލުން ދެއްކި ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ 7"ގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެންގޮސްފައިވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިސް ޕިޔާރްކޯ ކިޔާ ނާމްދޫން" ގެ ހާއްސަ އެޕިސޯޑެއް ހޮޓްސްޓާއިން އަންނަނީ ދައްކަމުންނެވެ.