ރައީސް މުހައްމަދު ނަޝީދު

އަމާޒަކީ 4.5 ބިލިއަން ރުފިޔާ ސަރުކާރަށް ހޯދުން

އަމާޒަކީ މި އަހަރު ނިމެންވާއިރަށް ރިއަލްއެސްޓޭޓް ޓޫރިޒަމުން 4.5 ބިލިއަން ރުފިޔާ ސަރުކާރަށް ހޯދުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށްދާ މަޖިލީހުގެ ދައުރުގައި އެންމެ މުހިންމު ކަމެއް ދީގެން މެމްބަރުން ކުރިއަށްގެންދާނީ ބަޖެޓްގެ މަސައްކަތް ކަމަށެވެ. މެމްބަރުން ބަޖެޓް ދިރާސާ ކުރައްވާނެ ކަމަށާއި ކޮންމެ މެމްބަރަކުން ބަޖެޓާ ގުޅޭ ގޮތުން ނުކުތާތަކެއް ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މުޅި ޖުމްލަ ބަޖެޓްސްވެސް ބަލާލަން ޖެހޭ ކަމަށެވެ. ދައުލަތުގެ އާންދަނީ އިތުރު ކުރުމަށް މަޖިލީހުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އާމްދަނީއިން ޓެކްސްނެގުން/ އިންކަމް ޓެކްސް ދައުލަތަށް ނެގޭނެ ގޮތް ހަމަޖައްސައިދިނުމާއި ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން އިތުރު އާމްދަނީ ދައުލަތަށް ނެގޭނެ ގޮތް ހަމަޖައްސައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރިއަލްއެސްޓޭޓް ޓޫރިޒަމްގެ ތެރެއިން ބޭރު މީހުނަށް ދެވަނަ ގެއެއް ރާއްޖޭގައި ހަދައި އެކަމުން އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އަމާޒަކީ މި ވިޔަފާރީގެ ތެރެއިން މި އަހަރުގެ ތެރޭގައި ދައުލަށް 4.5 ބިލިއަން ރުފިޔާ ހޯދުން ކަމަށް ނަޝީދު ވިދާޅވި އެވެ. ނަމަވެސް އެ އަމާޒެއް މުޅިއަކުން ހާސިލް ނުވާ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމާއި ގުޅޭ ހުރިހާ ގަވައިދެއް ހަދައި ގެޒެޓްކޮށްފަ. ހަމައެކަނި ނަހަދައޮތް ގަވައިދަކީ އެއް ފަޅެއްގެ ތެރޭގައި ދެ ރަށެއްގެ އިހްތިސޯސްގައި އޮންނަ ރަށެއް ބަހާނެ ގޮތެއް." ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެން ބެލެންސްކޮށްފައި ބޭއްވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށާއި ކޮވިޑާއި ގުޅިގެން ދައުލަތުގެ އާމްދަނީ ހުއްޓިގެން ދިއުމުން ވަރަށް ބޮޑެތި އުދަގޫތައް ސަރުކާރައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ކޮވިޑްގައި މަސައްކަތް ކުރިއަށްގެންދިޔައީ ވަރަށ ފުރިހަމަކޮށްކަމަށް ވިދާޅުވި އެވެ.