ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގެ މައްސަލަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

Oct 13, 2021

ހިޔާ ފްލެޓްތަކާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުން ފަސޭހަކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފި އެވެ.

އެޗްޑީސީން ތައާރަފްކޮށްފައިވާ ނަންބަރަކީ 7253535 އެވެ.

އެޗްޑީސީން ބުނީ ފްލެޓާ ގުޅޭ މައްސަލަ ރިޕޯޓްކުރާނަމަ އެ މީހެއްގެ ނަމާއި ފޯނު ނަމްބަރާ އެކު ފްލެޓްގެ ނަމްބަރު ހިމެނުމަށްފަހު ރިޕޯޓް ކުރާ މައްސަލަ ސާފުކޮށް ލިޔަންވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގައި 200 އެއްހާ އާއިލާ ދިރިއުޅެން ފަށާފައިވާއިރު އެތަނުގައި ހުރި ގިނަ މައްސަލަތަކެއް އާންމުން ފާހަގަކުރެ އެވެ. އެގޮތުން ކުނި އުކާލުމަށް ހާއްސަ ނިޒާމެއް ނެތުމާއި، އަސާސީ ބައެއް ހިދުމަތްތައް ލިބެން ނެތުމާއި، ބައެއް ފްލެޓްތަކުގެ ފެން ބިލްގެ މައްސަލަ އާންމުން ފާހަގަކުރެ އެވެ.

ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި ކޮންމެ މަހަކު 7،500 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހުމަކީ ވެސް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކުލި ކުޑަކޮށްދެވެން ނެތް ކަމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.