ދުނިޔެ

"އަބްރަހަމް އެކޯޑްސް އިން ސުލްހައެއް ނެތް"

އިޒްރޭލު މުށުތެރޭގައި ފަލަސްތީން އޮތްހާ ހިނދަކު މެދުއިރުމަތި ސުލްހަ ނުވާނެ ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަޙްމާން އަލް ސާނީ ވިދާޅު ވެއްޖެ އެވެ. އޭނާ ވިދާޅުވީ ގޮތުން "އަބްރަހަމް އެކޯޑްސް" އަކީ މެދުއިރުމަތި ސުލްހަ ކުރަން ބާރު އަޅާ މުއާހަދާއެއް ނޫނެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި އަބްދުއްރަޙްމާން ވިދާޅުވީ އަބްރަހަމް އެކޯޑަކީ އިޒްރޭލާއެކު އަރަބި ގައުމުތަކުން މުއާމަލާތްކަޮށް އިގުތިސޯދީ ގޮތުން އެއްބާރުލާން ބާރުއަޅާ މެދުވެރިއެއް ކަމަށެވެ.

އަބްރަހަމް އެކޯޑްސް އަކީ އެމެރިކާގެ ރައީސްކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު އުފައްދާފައި އޮތް އެއްބަސްވުމެވެ. މި އެއްބަސްވުން ބާރު އަޅަނީ އިޒްރޭލާއެކު މެދުއިރުމަތީ އަރަބި ބައުމުތަކުން ގުޅުން އުފައްދައި އިޒްރޭލު އުފާ ކޮށްދިނުމަށެވެ.

މި އެއްބަސްވުމުގެ ދަށުން އިޒްރޭލަށް ބައިއަތު ހިފައިގެން ތިބި ގައުމުތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިން އާއި މޮރޮކޯ އަދި ސޫދާނެވެ.

މެދުއިރުމަތީ ގައުމުތަކުން އަބްރަހަމް އެކޯޑްސްއަށް ރުހި ގަބޫލު ވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ އެ އެއްބަސްވުމުގައި ފަލަސްތީނަށް އެހިތެރިވުމާ ބެހޭ ފޮޅުވަތެއް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުން އަބްރަހަމް އެކޯޑްސްގެ ބޭނުން ހިފައިގެން މެރުއިރުމަތީގައި ޖަހަނީ ބޮޑު ސަކަރާތްގަނޑެކެވެ.

ވަޒީރު ވިދާޅުވީ އަބްރަހަމް އެކޯޑްސްގެ ނަމުގައި ފަލަސްތީނާ އިޒްރޭލާ ސުލްހަ ކުރަން މަޝްވަރާ ކުރެވޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތަށް މަޝްރަހު ކުރިއަށްދާ ނަމަ އަބްރަހަމް އެކޯޑްސްއިން މެދުއިރުމަތި ސުލްހަ ނުވާނެ ކަމަށެވެ.

އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ގަތަރާ އެމެރިކާއާ އޮންނަނީ ބަދަހި ގުޅުމެކެވެ. އެމެރިކާގެ ވެރިން ބަދަލުވުމަކުން އެ ގުޅުމަށް ބުރުލެއް ނާރަ އެވެ. ދެކެނީ އެމެރިކާއަކީ ވިޔަފާރި ބައިވެެރިއެއްގެ ގޮތުގަ އެވެ. ގަތަރުން އެމެރިކާއާ މުއާމަލާތްކުރަނީ ދެ ގައުމަށް ވެސް އެންމެ ހެޔޮގޮތް ބަލައިގެނެވެ.