މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އެކްސްޕޯޓުގެ އާމްދަނީއަށް ބޮޑު އިތުރުވުމެއް

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުގެ އާމްދަނީ އަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

ކަސްޓަމްސް ސާވިސަސްގެ މި އަހަރު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 281 މިލިއަން ރުފިޔާ އެވެ. މިއީ 137 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު އުޅެނީ 1.9 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ 90 ޕަސެންޓުގެ އިތުރުވުމެކެވެ.

އިމްޕޯޓް އިތުރުވީނަމަވެސް، ސެޕްޓެމްބަރުގައި ރާއްޖެ އިން މުދާ އެކްސްޕޯޓް ނުވަތަ ބޭރުކުރި މިންވަރު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 378 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެކްސްޕޯޓް ކުރީ 328 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ 13 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެގޮތުން ބޭރު ކުރި މުދަލުގެ 42 ޕަސެންޓް ދިޔައީ އެ ގައުމަށެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮޕާން އާއި ޗައިނާ އަދި ޔޫއޭއީ އާއި އިންޑިއާއިންނެވެ. އޮމާން އިން 603 މިލިއަން ރުފިޔާ އަދި ޗައިނާއިން 441 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މީގެ އިތުރުން އިންޑިއާއިން 434 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި އޮމާނުން އެތެރެކުރީ 418 މިލިއަން ރުފިޔާގެ މުދަލެވެ.