ދަނގެތި

ދަނގެތީގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ

ދަނގެތީގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ އެ ރަށުގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. މަހުމޫދު މަރާލުމަށް ފަހު ގޯންޏަކަށްލުމަށް ފަހު އެއްލާލާފައިވަނީ ވަޅެއްގެ ތެރެއަށެވެ. އުމުރުން 57 އަހަރުގެ ވިޔަފާރިވެރިޔާ ރެއިން ފެށިގެން ގެއްލިގެން ދިޔައީ ހޯދަމުންނެވެ.

"އަޅުގަނޑުމެން އަސުރު ނަމާދަށް ތިއްބާ އެ ހަބަރު މި ލިބުނީ. ރެއިން ފެށިގެން ގެއްލިގެން ދިޔައީ ހޯދަމުން،" ދަނގެތިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުލުހުންވެސް ވަނީ އެކަން ކަަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އދ ދަނގެތީގައި ގޯންޏަކަށް ލައި އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓް ކޮށްފައިވޭ. އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން
މޯލްޑިވްސް ޕޮލިސް ސާވިސް | އޮކްޓޫބަރު 14 2021

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން މަހުމޫދަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ.

އެ ރަށު ބަޔަކު ވަނީ ތުހުމަތު ކުރެވޭ މީހާ މިހާރު ފުލުހުންނާވެސް ހަވާލުކޮށްފައެވެ. ޒުވާނަކު ގަދަކަމުން ގެންގޮސް ދަނގެތީ ޕޮލިސް ސްޓޭޝަނަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ވަނީ އާންމުވެފައެވެ.

ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ދަނގެތީ ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގަައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.