ދުނިޔެ

ފްރާންސްގެ ރައީސް މެކްރޮންއަށް ޕެނަލްޓީއެއް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން 43، ކުޅުއްވި ޗެރިޓީ ފުޓްބޯލަ މެޗެއްގައި ޕެނަލްޓީއެއް ލިބިވަޑައިގެންފި އެވެ. މެކްރޮން އަކީ ޓެނިހަށް ވަރަށް ވަރުހުންނަވާ ބޭފުޅެކެވެ.

ފްރާންސްގެ ޖަމިއްޔާއަކުން މާލީ އެހީ ހޯދަން އިންތިޒާމްކުރި ފުޓުބޯޅަ މެޗެއްގައި މެކްރޮން ބައިވެެރިވެ ވަޑައިގެން ވަނީ ޕެނަލްޓީއެއް ހޯއްދަވާފަ އެވެ. އެއްވެ ތިބި މީހުން ހީކޮށްގެން ތިބީ ޕެނަލްޓީ ގޯލަށް ނުވަންނާނެ ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުން މެކްރޮން އަކީ ކުޅިވަރަށް ފޯރި ހުންނަ ބޭފުޅެކެވެ. އެޝައުގުވެރިކަން އޭނާގެ ކުޅުމުން ވެސް ފެނެ އެވެ. ފްރާންސް ކަހަލަ ބޮޑު ގައުމެއް ހިންގަވަމުން ފުޓުބޯޅަ މެޗެއްގައި މީހުން އުންމީދު ނުކުރާ ވަރުގެ ހަލުއި ކުޅެއް މެކްރޮން ވަނީ ކުޅުއްވާފަ އެވެ.

މެކްރޮން ސްކޫލް ދައުރުގައި ވެސް ފުޓްބޯޅަ ކުޅުއްވި ކަމަށް ވެއެވެ. އޭނާ އަކީ ޓެހިނަށް ވެސް އެހާ މޮޅު ކުޅުންތެރިއެއް ކަމަށް ޚަބަރުތައް ބުނެ އެވެ. ޗެރިޓީ މެޗްގައި މެކްރޮން ކުޅުއްވީ މިޑްފީލްޑަކަށެވެ.