އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ގިނަ މަގާމު ތަކެއް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހޯދައިފި އެވެ.
އިންޑިއާއިން އަށްވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާު ކުރިއިރު، ޗެތުރީ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބުނީ ޗެތުރީ އަށެވެ. ޗެތުރީ ވަނީ މި މުބަރާތުގައި ފަސް ގޯލު ޖަހާފަ އެވެ. މިރޭ އޭނާ ޖެހި ގޯލާއި އެކު ޗެތުރީ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ދުނިޔޭގެ ފަސް ވަނައަށް ޖެހިލާފަ އެވެ. ޖުމްލަ 80 ގޯލާއި އެކު ފަސް ވަނައިގައި އޮތީ ލައިނަލް މެސީ އާއި ޗެތުރީ އެވެ.
މިފަހަރުގެ މުބަރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރާއްޖެ އެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މުބާރާތުން ރާއްޖެ ކެޓީ ތާވަލުގެ ތިން ވަނައިގައި، އިންޑިއާ އަތުން ބަލި ވުމުންނެވެ.
މުބާރަތުގެ ރަނާއަޕްކަން ނޭޕާލުން ހޯދި އިރު މިއީ އެގައުމު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 12 މުބާރަތުގައި ވެސް އެޓީމު ފައިނަލަށް ދަތުރު ނުކުރެ އެވެ.