ކަނޑުމަތީގެ ހާދިސާ

ނާހިދާގެ ޖަނާޒާ ބާއްވައިފި

ނާހިދާގެ ޖަނާޒާގެ ތެރެއިން -- އަވަސް ފޮޓޯ: މުހައްމަދު ހުމާމް އަހްމަދު
0%
0%
0%

ގަދައިގައި މާލެއިން ފުރައި އިއްޔެ ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް ލޯންޗަކުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާގެ ޖަނާޒާ ބާއްވައިފި އެވެ.

މިއަދު އަސުރު ނަމާދުގެ ފަހުން އާސަހަރާ މިސްކިތުގައި ކަށު ނަމާދު ކުުރުމަށްފަހު ނާހިދާ ވަޅުލީ އާސަހަރާގަ އެވެ. ކަށުނަމާދުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އިރު ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވި އެވެ.

ނާހިދާގެ މޫނު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނާއިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަޑައިގަތެވެ.

ނާހިދާގެ މޫނު ބައްލަވައިލެއްވުމަށް ރައީސް ސޯލިހް އާސަހަރާގައި --- ފޮޓޯ: އަވަސް

ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުން ލޯންޗު ދަތުރު ކުރަނިކޮށް ހިނގި އެ ހާދިސާގައި ނާހިދާ ކަނޑަށް ވެއްޓުނީ އޭނާގެ ހަަތަރު އަހަރުގެ ދަރިފުޅާއެކު އެެވެ. ދަރިފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އެ ހާދިސާ ހިނގީ އިއްޔެ ހަވީރު އައި ކޮޅިގަނޑަކުން ސަލާމަތްވާން ވެގެން ލޯންޗު އަނބުރާލި ވަގުތު ރާޅުގައި ޖެހިގެނެވެ.

ކޯސްޓްގާޑުން މިއަދު ބުނީ ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 10 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ބުނީ އެ ކުއްޖާގެ އެއްވެސް ހަބަރެއް ވޭތޯ ބަލައިދޭން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރާއި އެ ހިސާބުގެ ރަށްރަށުގައި ވެސް އެދިފައި ވާނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345