އައިޝަތު ރިޝްމީ

ނާހިދާގެ މަރު: ރިޝްމީގެ އާއިލާވެސް ލޯންޗުން ދަތުރުކުރި

އަޒޭ، ރިޝްމީގެ ދަރިފުޅު، ރިޝްމީ އަދި ރަވީ (ކ،ވ).
0%
0%
0%

ގަދައިގައި މާލެއިން ފުރައި އިއްޔެ ވ. ފުލިދޫއަށް ދަތުރުކުރަނިކޮށް ލޯންޗަކުން ކަނޑަށް ވެއްޓި އަންހެނަކު މަރުވި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ފިލްމީ ތަރި އައިޝަތު ރިޝްމީއާއި ފިރިމީހާ ރަވީ ފާރޫގު އަދި ރިޝްމީގެ ދަރިފުޅު ވެސް ތިބި ކަމަށް ރިޝްމީ ބުނެފި އެވެ.

އެ ހާދިސާއަށް ފަހު ރިޝްމީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމަފިރިންނާއި ދަރިފުޅުގެ ހާލުވެސް ރަަނގަޅު ކަމަށެވެ. އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން އަވަސް އިން ގުޅުމުން ރިޝްމީ ބުނީ މިވަގުތު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ރިޝްމީވެސް ވ. އަތޮޅަށް ދަތުރުކުރީ ޗުއްޓީ ހޭދަކޮށްލާށެވެ. ލޯންޗުން ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާ ވެސް ވ. އަތޮޅަށް ދަތުރުކުރީ ޗުއްޓީއަށް އާއިލާގެ ކައިރިއަށެވެ.

ކ. އޮޅުވެލި ރިސޯޓުގެ އިރުދެކުނު ބޭރުން ލޯންޗު ދަތުރު ކުރަނިކޮށް ހިނގި އެ ހާދިސާގައި ނާހިދާ ކަނޑަށް ވެއްޓުނީ އޭނާގެ ހަަތަރު އަހަރުގެ ދަރިފުޅާއެކު އެެވެ. އޭނާ ކަނޑަށް ގެއްލިފައިވާއިރު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ހާދިސާ ހިނގީ އިއްޔެ ހަވީރު އައި ކޮޅިގަނޑަކުން ސަލާމަތްވާން ވެގެން ލޯންޗު އަނބުރާލި ވަގުތު ރާޅުގައި ޖެހިގެނެވެ.

މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާގައި ވަނީ ނާހިދާގެ ޖަނާޒާ ބާއްވާފަ އެވެ.

ކޯސްޓްގާޑުން މިއަދު ބުނީ ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 10 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ބުނީ އެ ކުއްޖާގެ އެއްވެސް ހަބަރެއް ވޭތޯ ބަލައިދޭން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރާއި އެ ހިސާބުގެ ރަށްރަށުގައި ވެސް އެދިފައި ވާނެ ކަމަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345