ޓެކްސް

ނުވަ ލައްކަ ރުފިޔާގެ ސްޓޭމްޕް ރީފަންޑްކޮށްފި

Oct 19, 2021

ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމާއެކު މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްޓޭމްޕް ރީފަންޑް ކޮށްދީފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 995,167.20ރ. ގެ ސްޓޭމްޕް ވަނީ ރީފަންޑް ކޮށްދީފަ އެވެ.

މީރާއިން ވަނީ އެ އޮތޯރިޓީން ވިއްކާފައިވާ ރެވެނިއު ސްޓޭމްޕް ރީފަންޑު ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 15 ގެ ނިޔަލަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

އެ އޮތޯރިޓީން ބުނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުން އެ އޮތޯރިޓީން ސްޓޭމްޕްގެ ތެރެއިން ބޭނުން ނުކުރެވިވާ ރެވެނިއު ސްޓޭމްޕް ރީފަންޑް ކުރަން "ސްޓޭމްޕް ރީފަންޑް ކުރުމަށް އެދޭ ފޯމު" ފުރުމަށް ފަހު މީރާއަށް ނުވަތަ އެ އޮތޯރިޓީން ހުޅުވާފައިވާ އޮފީހަކަށް ލާން އެދޭ ކަމަށެވެ.

ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ސްޓޭމްޕް ޖަހަން ފަށާފައި ވަނީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަންދާ ގާނުނަކުންނެވެ. އެކަން ކުރީ ހިދުމަތްތަކުން ދައުލަތަށް އާމްދަނީ ހޯދާށެވެ.