ވެމްކޯ

ވެމްކޯއަށް ވެށިފާރަވެރިން ހޯދަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވެމްކޯއިން ހޯދަމުން ދަނީ ވެށިފާރަވެރިންނެވެ. އެ މަގާމަށް 30 މީހުން ހޯދާއިރު މުސާރައަކީ މަހަކު 9000 ރުފިޔާ އެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ޕޮލިސް ރިޕޯޓާއެކު ހުށަހަޅަން ވެމްކޯއިން އެދެ އެވެ. ފޯމު ބަލައިގަންނާނީ ވެމްކޯ ހެޑް އޮފީހުން ނެވެ. ސުންގަޑިއަކީ މި މަހުގެ 24 ވަނަ ދުވަހެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ވެމްކޯ އިން ވަނީ މަގުމަތިން ކުނި ނެގުން ހުއްޓާލުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން އިމާރާތްތަކަށް ވަދެ އެޕާޓްމަންޓުތަކުގެ ދޮރުމަތިން ކުނި ނަގަން ފަށާފަ އެވެ. އަދި ކުނި ނަގަން ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުންނާއި ފީ ނުދައްކާ ގޭބިސީ ތަކުން ކުނި ނެގުން ވަނީ ހުއްޓާލާފަ އެވެ.

ކޮންމެ ގޭބީސީއަކުން ދުވާލަކު އުކާލަނީ ދުވަހު ކުނީގެ މިންގަނޑަށް ފެތޭ 40 ލީޓަރު ސައިޒްގެ ތިން ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅުގެ 120 ލީޓަރުގެ ކުންޏެވެ.