ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓުގެ ފުރަތަމަ ލިސްޓު އަންނަ އަހަރުގެ ކުރިން ކަނޑައަޅައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެ ގޮތަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ނެވެ. އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދު މަޖިލީހުގެ ތަޅުމުން އެ ބިލު ފާސްކުރީ 49 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަަމަށް އެއްވެސް މެމްބަރަަކު ވޯޓު ދެއްވި އެވެ.
މިދިޔަ އޭޕްރީލް މަހު އެ ބިލު މަޖިލީހަށް ހުށަހެޅުއްވި އިރު ސަލީމް ހުށަހެޅުއްވީ ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓުގެ ފުރަތަމަ ލިސްޓު މިދިޔަ ޖޫން މަހުގެ ކުރިން ނެރެންޖެހޭ ގޮތަށެވެ. ނަމަވެސް އެ މުއްދަތު ފާއިތުވެ ދިއުމާއެކު އަދި އެފަދަ ލިސްޓެއް އެކުލަވާލަން ވަގުތު ބޭނުންވާތީ އަންނަ އަަހަރާ ހަމައަށް މުއްދަތު އިތުރުކުރި އެވެ.
މިއަދު ފާސްކުރި ބިލާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރުމާއި ބާޒާރަށް ނެރުމުާއި އަދި އުފެއްދުންވެސް މަނާވާނެ އެވެ. ނަަމަވެސް އެކަންކަން މަނާކުރުން ވަކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެ އެވެ.