ދުނިޔެ

ޗައިނާގައި ހައިޕާސޮނިކް ޓެކްނޮލޮޖީ ކުރިންވެސް ހުރި

ޗައިނާއިން ހައިޕާސޮނިކް – އަޑަށް ވުރެ ފަސް ގުނަ ދުވެލި ބާރު، މިސައިލް އުފެއްދުން ދުނިޔެއަށް ވަރަށް ބޮޑު ކަމަށް ވެއްޖެ އެވެ. އެމެރިކާ ހައިރާންވެފައިވާއިރު މިކަމާ ކަންބޮޑުވާކަން ފާޅުކަން ބޮޑު ގޮތުގައި ވަނީ ހާމަ ކޮށްފަ އެވެ.

ފައިނޭންޝަލް ޓައިމްސްއިން ބުނި ގޮތުގައި ޗައިނާއިން މިދާކަށް ދުވަހު ޓެސްޓް ކުރީ ހައިޕާސޮނިކް އެންމެ މިސައިލެއް ނޫނެވެ. ދެ މިސައިލް ޓެސްޓްކޮށްފި އެވެ. އެމެރިކާގެ ނޫސްތަކުން ބޮޑު ކަމަށް ހަދައި މި ވާހަކަތަކަށް ބަހުސް ކުރަމުން އެބަ ގެންދެ އެވެ.

އެމެރިކާއަށް ލިބފައި ހުރި ޖާސޫސީ މައުލޫމާތު އެނގޭ ފަރާތްތައް ބުނާ ގޮތުގައި ޗައިނާގެ އަސްކަރިއްޔާއިން ނިއުކްލިއާ ހައިޕަސޮނިކް މިސައިލް ލިބިގަތުމަށް ކުރާ މަސައްކަތްތައް ސިއްރުން ކުރި ނަމަވެސް އެމީހުން އެކަން އެބަ ކުރެ އެވެ.

ޗައިނާއިން މިއަހަރު ޖުލައި / އޮގަސްޓްގައި ކުރި ޓެސްޓްތަކާ ގުޅިގެން އެމެރިކާގެ ދިފާއީ އިދާރާ، ޕެންޓަގަނަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް ބުނެވެ އެވެ.

އެމެރިކާގެ އަސްކަރީ މަޝްރަހު އަންދާޒާކުރާ މީހުން ބުނާ ގޮތުން އެމެރިކާގައި ނެތް ޓެކްނޮލޮޖީއެއް އެހެން ގައުމެއްގައި ހުރެގެން ނުވާނެ އެވެ. އެމީހުން މިހާރު ގެންދަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

އެހެން ނަމަވެސް ބައިޑަން ސަރުކާރުން މިކަމާ ގުޅޭ ގޮތުން އަދި އެކައްޗެއް ވެސް ނުބުނެ އެވެ. ތަޖުރިބާކާރުން ބުނަނީ އެމެރިކާގެ އަސްކަރިއްޔާ އޮތީ މުސްކުޅި ވެފައި ކަމަށެވެ.