ވާހަކަ

ނިވެމުންދާ ބައްތި

(އަންގާރަ ދުވަހުގެ ބަޔާގުޅޭ)

ސައުން: "މީހަކު ހަސަދަވެރި ވެދާނެ އެކަމަކު އެމީހެއްގެ ތަރުހީބާ ނުލައި އެ ފެންވަރަކަށް އެ ފަދަ ގުޅުންތައް ތަރައްޤީއެއް ނުކުރެވޭނެ. އަންހެނަކަށްވެ ހުރެ އަންހެނަކު ބަދުނާމު ކޮށް ބަދުބަސް ބުނުމަކީ ހިތް ރުހޭނެ ކަމެއް ނޫންކަން މަށަށް ވެސް އެނގޭ."

އަލިޔާ: "ނޫން ތިޔަ ގޮތަށް ދެކި ނުލައްވާ! އަންހެނަކު ކުރިޔަސް ކުށެއްވާނީ ކުށަކަށް އަދި އެކުރި ކުށަކާއި ގުޅޭ މިންވަރުން އަދަބު ވެސް ލިބެން ވާނެ. އިސްލާމްދީނުގައި އަދަބު ކަނޑައެޅިގެން ވަނީ ވަކި ޖިންސަކަށް ނޫން. އަދަބު ކަނޑައެޅިފައި ވި ނަމަވެސް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭގައި އެކަކު އަނެކަކަށް ކުރެވޭ ކުށް ފޮރުވައި ދެ ފާރާތުން މަޢާފް ކުރުމަކީ އޮންނަ ރިވެތި ހަމައެއް. މިހެން ބުންޔަސް އަދަބު ހައްޤުވާ ހާލަތެއްގައި ޚައްޤު އަދަބު ނުދީ މަޢާފް ކުރުމަކީ އެ ފަރާތެއް ކުށަށް އިތުރަށް ހުށަހެޅިގެން ދިއުމަށް ކޮށައިދެވޭ މަގެއްކަން ވެސް އެނގޭ. އެހެންނަމަވެސް... އަޅުގަނޑު ބޭނުން މިޝްކާއަށް ވިސްނައިދީގެން އޭނަ ރަނގަޅު އަނތްބަކަށް ހަދައިދޭން."

ސައުން: "އެއްގޮތަކަށް ވެސް ތިކަން އާލިޔާ ނުކުރާތި!"

އާލިޔާ: "ކިހިނެއްވީ އަޅުގަނޑު..."

ސައުން: "އާލިޔާ އަކަށް ނޭނގޭނެ މިޝްކާގެ މިޒާޖެއް. އެހެން މީހަކު ދޭ ނަޞޭޙަތެއް އަހާކަށް ބޭނުމެއް ނުވާނެ. ވިސްނައި ދޭން މަސައްކަތް ކުރުމަކީ ކަނޑުގައި ރޮނގު އެޅުން ފަދަ ކަމެއް. ކުށްވެރި ވާނި އެހެން މީހުން. އަދި އަމުދުން މިމައްސަލައިގައި އާލިޔާ އެއްޗެކޭ ބުނުމަކީ އަލިފާން ގަނޑަކަށް ޕެޓްރޯލު އެޅުން ފަދަ ކަމެއް."

އާލިޔާ: "އެއީ ކީއްވެތޯ؟ އަޅުގަނޑަކީ މިޝްކާގެ ދުޝްމަނެއް ނޫނެއް ނޫންތޯ؟ ތިޔަ ދެމަފިރިންނަށް އަބަދުވެސް ހެޔޮއެދެން. އަޅުގަނޑާއި ބެހޭގޮތުން އެއްވެސް ވާހަކައެއް މިޝްކާ ތެޅުވުމުގެ ނިޔަތުގައި ނުވަތަ ރަނގަޅު ކުރުމުގެ ނިޔަތުގައި އަޅައި ކިޔައި ބުނުއްވީތޯ؟"

ސައުން: "ތިޔަ ހުރިހާ ސުވާލަކަށް މިވަގުތު ދޭނެ ޖަވާބެއް ނެތް."

އާލިޔާ: "އެހެންޏާ ތިޔަ ދެ މީހުންގެ ދެމެދުގައި ހުރި މައްސަލަތައް މިޝްކާގެ މައިންބަފައިންނާ ޙިއްޞާ ކުރަން ވީނު. އޭރުން އެމީހުންމިޝަކާއަސް ވިސްނައި ދީފާނެ."

ސައުން: "މައްސަލަ ހައްލު ކުރަން އޭނަގެ މައިންބަފައިންގެ ކުރިމައްޗަށް އެ ފޮޓޯތައް ހިފައިގެން އަހަރެން ދާށޭތަ އާލިޔާ ތިޔަ ބުނަނީ."

އާލިޔާ: "އެހެންނެއް ނުބުނަންދޯ! މިބުނީ ވާހަކަ ދައްކައިގެން ހައްލު ކުރުން ރަނގަޅު ވާނެއޭ ނޫންތޯ؟"

ސައުން: "ތިޔަ ހުރިހާ ކަމެއް ކުރެވިއްޖެ. އެހެން ނޫނަސް ދެން އަހަރެން މިހާރު ބޭނުމެއް ނޫން މިޝްކާގެ ސޫރަވެސް ދެކޭކަށް. ކުދިންގެ މަންމަ އޭ ބުނާތީ ވެސް ލަދުގަނެ. އަނތްބެއްގެ މަގާމުގައި ހުރެ އެ ހިންގި މުޑުދާރު އަމަލުގެ ސަބަބުން އަހަރެން ވެސް އެހެން މީހުންގެ ކުރިމަތީގައި ފަޞީހަތްވެ މޫނު ދައްކަން ނުކެރޭ ވަރަށް ބަދުނާމު ވެއްޖެ. މިޝްކާ ދެކެ ވީ ލޯބީގައި ކުރެވުނު އިތުބާރުގައި ދެވުނު މިނިވަން ކަމުގެ، ހުރިހާ ކޮޅު ކެއްސެއް މިލިބުނީ އަހަރެންނަށް."

އާލިޔާ: "އެއްގޮތަކަށް ވެސް ތިޔަ ގޮތަށް ނުދެކޭ! ކުދިންގެ މަންމަ އެ ކުދިންނަށް ގެއްލި ދިއުމަކީ އެކުދިން ބިކަވެދާނެ ކަމެއް ކިތޭ ބޮޑު ކުށަކަށް ވެސް މާޢާފު ދެވިދާނެ. އަލުން އެ ފަދަ ޔަޤިން ކަމަކާއި އިތުބާރެއް އުފެއްދި ދާނެ. ކައިވެނީގެ ހަޔާތުގެ އެންމެ ފަހު ނިންމުމަކީ އަބަދު ވެސް ވަރިކަމަށް ވަންޏާ އިނދެގެން އުޅޭ މީހުނަށް ވުރެ ގިނަ ވާނީ ވަރިކޮށްފަ ތިބޭ މީހުން ކަންނޭނގެ. ކައިވެންޏަކީ މުޤައްދަސް ގުޅުމެއް. އަދި އަމުދުން ކުދިން ލިބި އެކުދިންގެ މާދަމާ ބިނާ ކުރަން ޖެހޭ ވަގުތުގައި މަންމަޔާއި ބައްޕަ ވަކި ވުމަކީ އެކުދިން ނިކަމެތިވެ ހިތް ދަތި ކުރުވާނެ ކަމެއް."

ސައުން: "އަހަރެން ދިރިހުއްޓައި އެ ދެ ކުދިން ގިނަ ނުވާނެ. އެއީ މި ލޮލުގެ ފިނިކަން ދިރި އުޅުމުގެ ހުރިހާ އުފަލެއް. ވީރާނަކަމާއި ހިތް ދަތިކަން ލިބެމުން ދިޔަ ދިރި އުޅުމުގެ ހުރިހާ ހުސްކަމެއް ފުރާލަ ދިން މިހިތުގެ ދިރުން. ފަޅި ސިކުން ތަކަށް ވެސް އެ ދެ ކުދިންނާއި ވަކިން ދިރި އުޅުމަކީ އަހަރެން ނަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ. އަހަރެންގެ މުޅި ހަކަތަ މިހޭދަ ކުރަނީ އެ ކުދިންގެ މުސްތަޤްބަލަށް ޓަކައި. އަހަރެންނަށްވެސް އެނގޭ އެކުދިން އެންމެ ބޭނުންވާނީ މަންމައާއި ބައްޕަ އެކުގައި އުޅުންކަން. ދެމީހުން ދެ ތާއުޅުމަކީ ކުދިންނަށް ފުންއަސަރު ކުރާނެ ކަމެއްކަން. ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް އަހަރެން އެކަނިން ކިހިނެއް މިގުޅުން ކެނޑުނަ ނުދި ދަމަހައްޓާނީ."

އާލިޔާ: "އެހެންވީމަދޯ! މި ބުނަނީ އެކުދިންނަށް ޓަކައި ވެސް މިޝްކާއަށް މަޢާފުކޮށްފައި އަލުން އާ ފެށުމަކުން ފަށަން ވިސްނާށޭ! ކުށް ކުރެވޭނީ އިންސާނުންނަށް. ކުށް ކުރުމަށް ފަހު ކިތައް މީހުން އެ ތިބީ އިޞްލާޙްވެގެން އަލުން އެ ދިރިއުޅުމަށް އެނބުރި އައިސްފަ. ވަފާތެރި އަނބިންގެ ގޮތުގައި ދުނިޔެ ދައްކާފައި ދިޔައީ ކިތައް އަންހެނުން. އަހަރެންގެ ހެޔޮބަހެއް އަހާނަމަ މިޝްކާ ދޫކޮށް ނުލާތީ! އަދި އެއްފުރުޞަތު އޭނަ އިޞްލާހު ވުމަށް ދީ! ވީކަމެއް ނުވާ ކަމަކަށް ނުވާނެ. އަދި މީހުންގެ ދުލެއްގައި ނުވެސް ހިފެހެއްޓޭނެ. ދެތިން ދުވަހު ފޯރި ނަގައި އެ ވާހަކަތައް ރަހަ ހެޔޮވަރު ކުރަމުން ފަތުރަމުން ހިނގާ މީހުން ހިނގާނެ. ދުވަސްތައް ތަކުރާރު ވަމުން ދިޔަ ވަރަކަށް އެ ވާހަކަ ތަކުގެ އާކަން ގެއްލި ބާވެދާނެ."

ސައުން: "އާލިޔާގެ ތިޔަ ވިސްނުމާއި ތިޔަ ދިން ނަޞޭހަތަށް "ތޭންކުސް" އެކަމަކު މިހާރު އަހަރެން ބޭނުމެއް ނުވޭ މިޝްކާ އަކީ އަހަރެންގެ އަނބިމީހާގެ ގޮތުގައި ބައިން ދާކަށް. އާލިޔާ ކަހަލަ ޚުލުޤު ހެޔޮ ކުއްޖެއްގެ ޚަޤީގަތް ނޭނގޭ ނަމަ އަންހެނުން މަތިން ފޫހި ވެއްޖައިސް. އަދި އަންހެނުން ނަކީ ވަރަށް ގޮތް ކުޑަ ވިޔާ ނުދާ ބައެއް ކަމުގައި ނިންމީ މުސް. އެހެން ނަމަވެސް އެންމެ އަންހެނަކު ކުރާ ކުށެއްގެ އިލުޒާމު ހުރިހާ އަންހެނުންގެ ބޮލުގައި އެޅުވުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން. ކުނި ގޮނޑެއްގައި ވެސް ޖަވާހިރެއް އޮތުމަކީ ހަމަ އެކަށީގެން ވާކަމެއް. އަދި މިޝްކާއަށް ވުރެ ރަނގަޅު އަނތްބެއް އަހަރެންނަށް ފަހަރުގައި ލިބުމަކީ ވެސް އެކަށީގެންވާ ކަމެއް."

"ކޮންމެ ކަމެއް ވެސް ހިނގާނީ ރަނގަޅަށޭ ބުނާ ބީދައިން ފަހަރުގައި އާލިޔާ ކަހަލަ ރަނގަޅު ކުއްޖެއް އަހަރެންގެ ހަޔާތަށް އައުމަށް ފަހިވި ރަނުގެ ފުރުޞަތަކަށް ވުމަކީ ވެސް ގާތުގައި އޮތް ކަމެއް."

އެހެން ބުނުމުން އާލިޔާ ކުޑަކޮށް ސިހުނެވެ. އަދި ބުންޏެވެ.

"އަޅުގަނޑު މިއި އެހާ ރަނގަޅު މީހެއް ނޫން. އެހެން ނަމަ އަޅުގަނޑަކީ މީހެއްގެ އަނތްބެއްގެ މަޤާމުގައި ހުންނާނެ މީހެއްތާ! އަޅުގަނޑަށް ވެސް ކޮންމެސް ދުވަހަކުން ދިރިއުޅުމެއް ފަށަން ޖެހޭނެ ކަން އެނގޭ އެހެން ނަމަވެސް އަދި މިވަނީ ވަގުތު ނުޖެހި."

އަބަދުވެސް ސައުންނަކީ އާލިޔާއާއި އެކަހަލަ ޖެއްސުން ކުރާ މީހެއްކަމުން އެކަން މިފަހަރުވެސް އެހާ ސީރިއަސްކޮށްނަގާކަށް ވިސްނުމަކަށް ނައެވެ. ސައުންގެ ސާދާ ކަމަކީ ކިތޭ ހާސްވެފައި ހުންނަ ވަގުތެއްގައި ވެސް އެހން މީހުންނާއި ބަހުން ސަމާސާކުރުމުގެ އާދައެވެ. ނަމަވެސް މިއަދު ސައުންގެ ކޮންމެ ސަމަސާއެއްގައިވެސް ވަނީ މައުނާވި ވާހަކަތަކެކެވެ. އެކަން ނަގައި ގަންނަށް ނޭނގުނީ އާލިޔާއަށެވެ.

ސައުން: "އެކަމުގެ ވަގުތު ޖެހުން އޮންނާނީ އާލިޔާ ނިންމާ ނިންމުމެއްގެ މައްޗަށް."

އެހެން ބުނަމުން ސައުން ކުޑަކޮށް ހީލާގޮތް ދައްކާލިއެވެ. ނަމަވެސް އެމޫނު މަތީގައި ވަނީ ކަރުނަޔާ އުދާސްކަން އާލިޔާ އަށް އެނގެއެވެ.

ސައުންގެ މިޒާޖު ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައި ޖެއްސުމުގެ ރާގަކަށް އާލިޔާ ބުންޏެވެ. "މާލާމަތް ނުކުރައްވާ އަޅުގަނޑަށް ވެސް ލިބިދާނެ ހަމަ ސައުން ކަހަލަ ރަނގަޅު ފިރިއެއް"

އާލިޔާ އެހެން ބުނުމުން މިފަހަރު ކުޑަކޮށް ހަމަޖެހޭ ގޮތް ވެ، އިހުތިޔާރަކާއި ނުލައި ސައުންނަށް ބުނެލެވުނެވެ. ސައުން ކަހަލައެއް ނޫނެވެ. ސައުން އާލިޔާގެ ހަޔާތަށް ފިރިއެއްގެ ގޮތުގައި ގެނައުން އަދީ މާ ރަނގަޅު ވާނެ ނޫންހެއްޔެވެ؟ މިކަމުގައި އާލިޔާގެ އެހީތެރިކަމަށް އެދެން.
އެ ވަގުތު އާލިޔާ ހީލުމަށްފަހު ބުންޏެވެ.

"މިހާރު މާ މައްޗަށް ތިޔަ ގެންދަވަނީ ދެން ވެސް މިޝްކާ ވަރި ނުކޮށް ވާނެ ގޮތަކާ މެދު ވިސްނަވާ!"

އެ ވަގުތު ކެބިންގެ ދޮރުގައި ޓަކި ދޭއަޑު އިވުނެވެ. ވުމާ އެކު ދެކެވެމުން ދިޔަ ވާހަކަ މެދު ކަނޑާލުމަށް ފަހު މޫނު ފޮހެލިއެވެ. އާދައިގެ ހާލަތެއްގައި ވާގޮތް ދެއްކޭތޯ ސައުން މަސައްކަތް ކުރިއެވެ. އަދި އާލިޔާ ވެސް މަސައްކަތަށް ގެއްލޭ ގޮތް ދައްކާލިއެވެ.

ސައުން: "ވަދޭ! އެ ހިދު އޮފީހުގެ އެހެން މުވައްޒަފަކު ޑޮކިއުމެންޓު ތަކެއްގައި ސޮއިކޮށްދިނުމަށް އެދުނެވެ. އެ ވަގުތު އެ މުވަށްޒަފަށް ސައުންގެ ކިބައިން އާދަޔާ ޚިލާފު ބަދަލެއް ވާކަން ފާހަގަ ކުރެވުނެވެ. ރަތް ވެފައިވާ ދެ ލޮލާ އެކު މޫނުމަތިން ފެންނަ މާޔޫސްކަން ފާހަގަ ކުރެވުނެވެ. ސަމާސާ ގޮތް މިޒާޖުގައި ހުންނަ ސައުންގެ ކިބައިން ނެގިމަޑުވެފައިވާ މިންވަރު ފާހަގަ ކުރެވުނެވެ. އެހެން ކަމުން ވަރަށް ލަދުން ހުރެ ނަމަވެސް ސުވާލު ކުރިއެވެ.

"ސަރ! ބަލިވެ އުޅެނީތޯ ހާދަގޮތަކަށް ތިޔަހުންނެވީ"

ސައުން: (ފުން ނޭވާޔަކާ އެކު) "ނޫން! އެކަމަކު ކުޑަކޮން ބޮލުގައި ރިއްސާފައި ރޯގާ ވައްތަރު ވެފަ މިއަދު ހުންނަނީ އެހެންވެ އެ ބަލިހެން ހީވަނީ."

މީރާއަށް ފޮނުވަން ޖެހޭ ރިޕޯޓް ތައްޔާރު ކުރެވިއްޖެހޭ ކިޔާ ވާހަކަ އޮޅުވާލިއެވެ.

މުއައްޒަފު: "ނޫން އަދި ނުނިމެ ދެ ދުވަހެއްގެ ތެރޭގައި މުޅިން ނިމާފައި ސަރ އަށް އަރުވާނަށް. އެހެން ބުނުމަށްފަހު ނުކުނަން ދިޔަ އެވެ.

ދަނޑިވަޅުގެ ބޭނުންހިފާ އާލިޔާ ވެސް އެހަށް އެތަނުން ނުކުތުމަށް ހިނގައި ގަތެވެ. އެ ވަގުތު ސައުން އާލިޔާ އެހަށް މަޑުކޮއްލަ ބަލާށޭ ބުންޏެވެ.

ސައުން: "އަހަރެން ކުރި ސުވާލުގެ ޖަވާބު ބޭނުން."

އާލިޔާ: "ސައުންނަށް ހާރު ވެސް އެހީވެ ދެން އަދި ފަހުން ވެސް އެހީވެދޭނަށް ކޮންކަމެއް އިތުރަށް އަހަރެން ކޮށްދޭންވީ"

ސައުން: "އަހަރެން ވަރަށް ބޭނުން އާލިޔާގެ އެހީތެރިކަން އަހަރެންގެ ދެ ކުދިންނަށް ޓަކައި އެ ކުދިންގެ ހުރިހާ ކަމެއްގައި ޒިންމާވެ މައެއް ފަދައިން ލަހައްޓައި ދިނުން. އަދި ގޭމީހުންގެ ހުއްދަޔާ އެކު އަހަރެންގެ ގެއަށް ބަދަލުވެ ދީފާނަންތަ؟"

އާލިޔާ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނެވެ. ގެޔަށް ބަދަލުވާ ވާހަކަ ބުނުމުންނެވެ. ހިލޭ ފިރިހެނަކާ އެކު އެހެންގެއަކު އެގޮތަށް ގޮސް އުޅުމަށް އާލިޔާގެ މައިން ބަފައިން ހުއްދަ ނުދޭނެކަން އެގެއެވެ. ވުމާ އެކު ސައުންގެ އެ އެދުމަށް އަމިއްލަ އިހުތިޔާރުގައި ގޮތެއް ނިންމަން ދަތިވިއެވެ. އެހެންވެ އިސްޖަހާލެވުނެވެ. އަދި ހުރި ފިޔަވަޅުމަތީ ގުޑައި ނުލައި ހުރެވުނެވެ.

ސައުން ގޮޑިން ތެދުވެގެން އައިސް އާލިޔާގެ ކައިރިއަށް ގޮނޑި ދަމާލު މަށްފަހު ކުރިމަތިން ހުރި ގޮނޑީގައި ހުރިގޮޑީގައި އާލިޔާ ބޭންދު މަށްފަހު ދެކޮނޑަށް އަތް ވައްޓާލުމަށް ފަހު ވަރަށް ގާތްކޮން ވާހަކަ ދައްކަން ފެށިއެވެ. ސައުންގެ މި ގާތް ކަމުގެ ސަބަބުން އުނދަގޫވެ، ގޮނޑި ދުރަށް ދަމާލިއެވެ. އާލިޔާ އަކީ ފިރިހެނެއްގެ މިފަދަ ގާތްކަން އަދި ތަޖުރިބާ ކޮށްފައިވާ ކުއްޖަކަށް ނުވާތީ ފަސްޖެހެ ވުނެވެ. އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ވަގުތާ ހާލަތަށް އާލިޔާއަށް ވެވުނު ހަމްދާރުދީގެ ފައިދާ ސައުން ނަހަމަ ގޮތަކަށް ނުނަގަ ފާނެ ބާއޭ ހިތާ ހިތާ ސުވާލު ކުރެވެމުން ދިޔައެވެ. ވުމާ އެކު މިހާ ގާތުގައި ސައުންނާ އެކު އެއްތާ އިނުމަކީ އާލިޔާ ބޭނުންވާ ގޮތެއް ނޫނެވެ. އަދި ހިތުގެ ހިނގުމާއި ވިންދުގައި ލަސްކަމެއް ވާކަން އިހުސާސް ކުރެވުނެވެ. އިންތިހާއަށް ލަދުވެތި ވެވުނެވެ. ސައުންގެ ނޭވާގެ ހޫނުކަމާ އެކު ހިތުގެ އެންމެ ހިމަނާރަށް ބުނަން ނޭނގޭ އަސަރެއް ކުރުވަމުން ދިޔައެވެ. (ނުނިމޭ)

ފުރަތަމަ ބައި:

ދެ ވަނަ ބައި:

ތިން ވަނަ ބައި: