ހުސައިން ޝަމީމް

ޖާމިނު ކުރެވޭ ގޮތް ނޭނގެނީ އެންމެ ފަނޑިޔާރަކަށް: ޕީޖީ

Oct 21, 2021
4
ޕީޖީ ހުސައިން ޝަމީމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު: ޖާމިނު ކުރެވޭ ގޮތް ނޭނގެނީ އެންމެ ފަނޑިޔާރަކަށް ކަމަށް ޝަމީމް ވިދާޅުވި
0%
0%
0%

މީހަކު ޖާމިނުކުރުމަށްފަހު ބަންދުގައި ހުންނަ މީހަކު ދޫކޮށްލެވޭ ގޮތްތައް ސާފުވެވަޑައިގެންފައި ނުވަނީ އެންމެ ފަނޑިޔާރަކަށް ކަމަށް ވިދާޅުވެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ފާޑުވިދާޅުވެއްޖެ އެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުގައި ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮންނަ ކަމަށެވެ. ނަމަވެސް އެނޫން ގޮތްގޮތަށް މައްސަލަ ނިންމާތީ ދެން ޖެހެނީ ހައިކޯޓަށް ދާން ކަމަށެވެ.

ޖާމިނުވުމުގެ މަފްހޫމް ތަފާތު ދެ މައްސަލައެއްގައި ފަނޑިޔާރަށް ކިޔައިދެވޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުގައި އެކަން ވަރަށް ސާފުކޮށް އޮތް ނަމަވެސް އަދި ކާމިޔާބުވާ ގޮތް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ އެވެ." ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެ ފާޑުވިދާޅުވެފައި މިވަނީ އިއްޔެ ކްރިމިނަލް ކޯޓުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލައާއި ގުޅިގެންނެވެ.

އަންމަޓީ ދޫކޮށްލާފައި ވަނީ ދެ މީހުން ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ ހަސަން ސައީދެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑަބަރޭ) ޖާމިނުކޮށް، ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދޫކުރަން އަމުރު ނެރެދީފައި ވަނީ ވެސް ގާޒީ ހަސަން ސައީދެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ވަނީ ޖޭއެސްސީ އަށް ވެސް ހުށަހަޅާފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345