ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ

Oct 21, 2021

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެ މީހާ މަރުވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެޗްޕީއޭ އިން ބުނީ މަރުވީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި ނުވަވަނަ މީހާ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 241 އަށް އިތުރުވީ އެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވީ 95 މީހެކެވެ. އެ އަދަދާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 86،419 އަށް އަރާފަ އެވެ.